އެލެސެންޑްރާ އާއި އޭނާ އެޑޮޕްޓުކޮށްފައިވާ ދެ ކުދިން ޗުއްޓީ ހޭދަކުރަމުން ދަނީ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގައި ކަމަށް މެއިލް އޮންލައިން އިން ވަނީ ރިޕޯޓުކޮށްފަ އެވެ.
މި ޗުއްޓީ ދަތުރުގައި އެލެސެންޑްރާގެ 12 އަހަރުގެ އަންހެން ދަރިފުޅުގެ އުފަންދުވަސް ވަނީ ރިސޯޓުގައި ފާހަގަކޮށްފަ އެވެ. ޗުއްޓީގެ ފޮޓޯ އާއި ވީޑިއޯތައް އޭނާ ދަނީ އިންސްޓަގްރާމުގައި ހިއްސާ ކުރަމުންނެވެ.
އެލެސެންޑްރާ ވަނީ ކުރިން ވެސް ރާއްޖެ އައިސްފަ އެވެ.
އޭނާގެ އިތުރުން މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި އޭނާގެ ލޯބިވެރިޔާ ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ވެސް ވަނީ ހަމަ އެ ރިސޯޓަށް ދާދި ފަހުން އައިސްފަ އެވެ.
ލޮކްޑައުން އަށް ފަހު ޖުލައި 15 ގައި ރާއްޖޭގެ ޓޫރިޒަމް ހުޅުވާލި ނަމަވެސް، އަންނަމުން ދަނީ މަދު ފަތުރުވެރިންނެވެ.