ads
އެއާޕޯޓުގައި އާޅަފައިވާ ފިޔަވަޅުތައް ނައިބް ރައީސް ބައްލަވާލައްވަނީ
ކޮވިޑް19 އާއި ގުޅިގެން އެއާޕޯޓުގައި އާޅަފައިވާ ފިޔަވަޅުތައް ނައިބު ރައީސް ބައްލަވާލައްވައިފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑް19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވައިލައްވައިފިއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއި އެކު ފަތުރުވެރިކަމުގެ ސިނާއަތު ހިނގައިގަނެ ގިނަ ފަތުރުވެރިންތަކެއް މިހާރުވެސް ވަނީ ރާއްޖެއަންނަން ފަށާފައެވެ.

އެގޮތުން ކޮވިޑް19 ރައްކާތެރިވުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ.

ވީއައިއޭގައި ރައްކާތެރިކަމުގެ ގޮތުން އަޅަފައިވާ ފިޔަވަޅުތައް ބައްލަވާލެއްވުމަށް ނައިބު ރައީސް ފައިސަލް ވަނީ މިއަދު އެއާޕޯޓަށް ޒިޔާރަތް ކުރައްވާފައެވެ.

އެގޮތުން ވީއައިއޭގެ އެކި ފެސިލިޓިތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ފައިސަލް ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން ވީއައިއޭގައި ކުރަމުންދާ މަސައްކަތްތަކާއި ސަލާމަތީ ގޮތުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ މައުލޫމާތު އެމްއޭސީއެލްއިން ވަނީ ނައިބްރައީސް ފައިސަލްއާއި ހިއްސާ ކުރައްވާފައެވެ.

ފައިސަލްގެ އަރިހުގައި ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްވެސް މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ބޯޑަރު ހުޅުވާފައިވަނީ މިދިޔަ ޖުލައިމަހުގެ 15 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް