ads
ރާއްޖެ ގެނެސްފައިވާ އެމްބިއުލާންސްތައް:- ފޮޓޯ؛ މިހާރު--
ނޭޝަނަލް އެމްބިއުލާންސް ސާވިސްގެ ހިދުމަތް ފަށައިފި
ހެލްތު މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ރާއްޖޭގައި ނޭޝަނަލް އެމްބިއުލާންސް ސާވިސްގެ ހިދުމަތް ފަށައިފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ ނޭޝަނަލް އެމްބިއުލާންސް ސާވިސްގެ ހިދުމަތް އެންމެ ފުރަތަމަ ބޭނުންކުރާނީ ކޯވިޑް-19ގެ ބަލިމީހުން ގެންދިއުމަށް ކަމަށެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ މި ހިދުމަތާއި އެކު ކުއްލި ހާލަތުގައި އެހީތެރިކަން ފޯރު ކޮށްދިނުމަށް އަވަސްވެގެން ދާނެ ކަމަށެވެ. 

އަދި ކޯލް ސެންޓަރަށް ގުޅާ ހިސާބުން ފެށިގެން ބަލިމީހާ ހޮސްޕިޓަލަށް ގެންދެވެންދެން ހިދުމަތްދޭ ފަރާތްތަކުން މަސައްކަތްތައް ކުރިއަށްދާނެ ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.

ނޭޝަނަލް އެމްބިއުލާންސް ސާވިސްގެ ހިދުމަތް ދިނުމަސް މީގެ ކުރިން ވަނީ ތަމްރީނު ޕްރޮގްރާމްތަކެއްވެސް ބާއްވާފައެވެ.

އެގޮތުން ފުލުހުން ބުނީ މިމަހުގެ 20 ވަނަ ދުވަހު ވިލިމާލޭ ޕޮލިސް ސްޓޭޝަންގައި ކުރިއަށް ގެންދިޔަ އެ ތަމްރީނު ޕްރޮގްރާމުގައި މައުލޫމާތު ފޯރުކޮށްދިނީ މޯލްޑިވްސް ރެޑްކްރޮސެންޓާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެސް ފޯސްގެ އިންސްޓްރަކްޓަރުން ކަމަށެވެ.

އެގޮތުން މޯލްޑިވްސް ރެޑްކްރޮސެންޓުން ކުރިއަށް ގެންދިޔަ ސެޝަންތަކުގައި، ކުއްލި ނުރައްކަލުގެ ހާލަތުގައި އަވަސް ފަރުވާ ފޯރުކޮށްދިނުމާއި ބަލިމީހުން އުފުލުމާއި އެއްތަނުން އަނެއް ގެންދިއުމާއި، އުސް އިމާރާތްތަކުން ބަލި މީހުން ސްޓްރެޗާގައި ބޭލުމާއި އެފަދަ މީހުންނަށް ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތުގެ އަމަލީ ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އޭގެ އިތުރުން އެ ސެޝަންތަކުގެ ތެރޭގައި ބަލި މީހުންނާއި މުއާމަލާތުކުރާނެ ރަނގަޅު ގޮތްތައް ބުނެދިނުމާއި، ކުއްލި ހާލަތުގައި އަމަލުކުރާނެ އުސޫލުތަކާއި، އެފަދަ ހާލަތްތަކުގައި އަންނަ ކޯލްތަކަށް ވީއެންމެ އަވަހަކަށް ޖަވާބުދާރީވާނެ ގޮތްތަކާ ބެހޭގޮތުންވެސް މައުލޫމާތުދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް