ads
ފޮޓޯ: އައްޑޫލައިވް
ސިޓީ ކައުންސިލްގެ ހުއްދަ ނުހޯދާ އައްޑޫގައި ބީޗު ނުހަދަން އެދިއްޖެ
ހުއްދަނެތި އައްޑޫސިޓީގެ އަވަށްތަކުގެ ގޮނޑުދޮށްތަކުގައި އަމިއްލަ ފަރާތްތަކުން ބީޗް ހަދަމުންދާތީ އެގޮތަށް އެކަން ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އެދިއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނީ މިފަހަކަށް އައިސް ހުއްދަނެތި އައްޑޫސިޓީގެ އަވަށްތަކުގެ ގޮނޑުދޮށްތަކުގައި އަމިއްލަ ފަރާތްތަކުން ބީޗް ހެދުން ފަދަ މަސައްކަތް ކުރަމުންގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި ހުއްދަ ހޯދުމަކާ ނުލާ ދައުލަތުގެ ބަންޑާރަ ބިން ބޭނުންކުރުމާއި އެބިންތަކާއި ގުޅިފައިވާ ގޮނޑުދޮށްތަކުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ ތިމާވެއްޓަށް އެކަމުން އަސަރުކުރާނެ އަދި ގާނުނުގައި ވެސް އެކަން މަނާކޮށްފައިވާ ކަމެއް ކަަމަށެވެ. 

އެހެންކަމުން އެފަދަ މަސައްކަތްތައް ކުރުން ހުއްޓާލުމަށް ވަނީ އެދިފަ އެވެ.

އޭގެ އިތުރުން، ފޭދޫ ހިއް ކިބިން ސަރަހައްދަކީ އައްޑޫގެ ކުރިމަގާއި ގުޅިފައިވާ އިގްތިސާދީ މަސައްކަތްތައް ކުރުމުގެ ގޮތުން ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރަން ކަނޑައަޅައި އެކަމަށް ވަރަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ތަނެއް ކަމަށާއި ފަހުގެ މަރުހަލާގައިވާ ތަނެކެވެ. އެ ސަރަހައްދުގައި ބީޗް ހެދުން ފަދަ މަސައްކަތްތައް ކުރުމަކީ އެކަމުގެ ސަބަބުން ޕްރޮޖެކްޓަށް ނޭދެވޭ އަސަރުތަކެއް ކުރާނޭ ކަމަކަށް ވާތީ އެ ސަރަޙައްދު ބޭނުންކޮށްގެން އެފަދަ މަސައްކަތް ނުކުރުމަށް ވެސް ސިޓީ ކައުންސިލުގެ އިއުލާންގައި އަންގަ އެވެ. 

ސިޓީ ކައުންސިލުން އިތުރަށް ބުނީ އެ އެންގުމާއި ހިލާފުވާ ފަރާތްތަކާއި މެދު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 140 ވަނަ މާއްދާ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް