ads
އިމިގްރޭޝަން މޯލްޑިވްސް
ވިސާ އާނުކޮށް ބިދޭސީންނަށް ފުރޭނެ: އިމިގްރޭޝަން
ބިދޭސީންނަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު ހަމަވެފައިވީނަމަވެސް އެމީހުންނަށް ފުރޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

ކޮވިޑް-19 ގެ ސަބަބުން ރާއްޖެއިން ނުފުރިފައިވާ ބިދޭސީފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، އެގޮތަށް ނިންމާފައިވާއިރު އިމިގްރޭޝަނުން ބުނީ ޓޫރިސްޓް ވިސާ، ބިޒްނަސް ވިސާ އަދި ކަނޑު ބޯޓުތަކުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކުގެ ތެރެއިން، އެ ބިދޭސީއަކަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު މިދިޔަ މާޗު މަހުގެ 19 ގެ ފަހުގެ ތާރީހާކަށް ހަމަވެފައިވާނަމަ، ވިސާގެ މުއްދަތު އިތުރުނުކޮށް، ފުރާ ބަނދަރަކަށް ދިއުމުން ފުރޭނެ ކަމަށެވެ. 

އިމިގްރޭޝަނުން ބުނީ އެ އިންތިޒާމުގެ ދަށުން ފުރޭނީ ފުރިހަމަކޮށްފައޮވާ "އެޕްލިކޭޝަން ފޯ އިމަޖެންސީ ޑިޕާޗާ"ގެ އިމިގްރޭޝަންގެ ޑިޕާޗާ ކައުންޓަރަށް ހުށަހެޅުމުން ކަމަށާއި ބިދޭސީ ފަރާތް ރާއްޖެއިން ފުރުމުގެ ކުރިން އޮންލައިންކޮށް "ޓްރެވަލަރސް ހެލްތް ޑިކްލަރޭޝަން" ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ. 

ވޯކް ވިސާ ފިޔަވައި އެހެނިހެން ވީޒާގެ މުއްދަތު 19 މާޗުގެ ކުރީގެ ތާރީހަކަށް ހަމަވެފައިވާ ފަރާތްތަކުން ވީސާގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެކިޔުންތައް، އީމެއިލް މެދުވެރިކޮށް ހުށަހެޅުމުން އަމަލު ކުރަންވީގޮތް، އީމެއިލްގެ ޒަރީއާއިން ހިއްސާކުރެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ. 

އަދި އެ ފޯމު ހުށަހަޅައިގެން ރާއްޖެއިން ފުރޭނެ އެންމެ ފަހު ތާރީހަކީ އަންނަ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަސް ކަމަށް ވެސް ބުނެ އެވެ.

އިމިގްރޭޝަނުން ވަނީ ކޮވިޑް-19 ގެ މިދަނޑިވަޅުގައި މަސައްކަތްކުރަނީ ހިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެންކަމުން، އެމީހެއްގެ ނުވަތަ އެކުންފުންޏެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ ބިދޭސީ ފަރާތްތަކުގެ ވިސާގެ ކަންކަން ފަހަށް މަޑުނުކޮށް ގަވާއިދުން ފުރިހަމަ ކުރުމަށް އެދޭ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް