ads
އަލިފާން ރޯވެފައިވާ ސަރަހައްދު--
ދުމުގެ އަސަރުކުރާ ސަރަހައްދަށް ނުދިއުމަށް އެދިއްޖެ
ހެންވޭރުގައި އަލިފާން ރޯވެ، ދުން އަރަމުންދާ ސަރަހައްދަށް ނުދިއުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

މިރޭ 9:30 ހާއިރު އަލިފާން ރޯވެފައި ވަނީ ހެންވޭރު އާޓިފިޝަލް ބީޗު ކައިރީގައި ހުރި ބީއެމްއެލްއާ އިންވެގެން ހުރި ކެފޭއެއްގަ އެވެ. 

އެތަން އެއްކޮށް އަނދާ ހުލިވެ ޖެހިގެން ހުރި އިމާރާތަށް މިހާރު އަލިފާނުގެ އަސަރުކޮށްފައިވާއިރު އެމަންޒަރު ބަލަން ގިނަ ބަޔަކު ވަނީ އާޓިޝަލް ބީޗް ސަރަހައްދަށް ޖަމާވެފަ އެވެ. 

އެ ސަރަހައްދުން ވަަރަށ ބޮޑަށް ދުން އަރަމުން އަންނައިރު އެޗްޕީއޭ އިން މިވަނީ މިވަގުތު ބޮޑުތަކުރުފާނު މަގު އެސްބީއައި ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާގައި، ދުމުން ރައްކާތެރިވުމަށް ދުމުގެ އަސަރު ކުރާ ހިސާބަށް އާއްމު ފަރާތްތަކުން ނުދިޔުމަށް އިލްތިމާސްކުރާ ކަމަށެވެ. 

އަދި ދުމުގެ އަސަރު ކުރާ ހިސާބުތަކުގައި ގޭގެތެރެއަށް ދުން ނުވަންނަހެން ދޮރާއި ކުޑަދޮރުތައް ރަނގަޅަށް ލެއްޕުން މުހިއްމު ކަމަށް ބުންޏެވެ. 

އެ އަލިފާންގަނޑު ކޮންޓްރޯލްކުރުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފްގެ ފަޔާ ޓީމުން ކުރަމުން އަންނައިރު އަލިފާން ރޯވި އިމާރާތް ކައިރީ ހުރި އިމާރާތްތަކުން މީހުން ހުސްކުރުމުގެ މަަސައްކަތް ވެސް ކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް