ads
ސެލީނާ އާއި ބްލެކްޕިންކްގެ "އައިސްކްރީމް" ޓްރެންޑިންގައި
އެތައް ބަޔަކު ހޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒް އާއި ކޮރެއާގެ މަޝްހޫރު ބޭންޑް ބްލެކްޕިންގެ ލަވައެއް ބަލާލަން ބޭނުން ކަމަށް ބުނަމުން ދަނިކޮށް އެ ހުވަފެންތަކަށް މިއޮތީ ނިމުމެއް އައިސްފަ އެވެ.

"އައިސްކްރީމް"ގެ ނަމުގައި ނެރުނު މި ލަވައަކީ ޅައުމުރުފަރައިގެ އަންހެންް ކުދިންނަށް ކަމުދާނެ ގޮތަށް ކުޅެފައިވާ ލަވައެކެވެ. މި ލަވައިގެ ވީޑިއޯ ބަލާލުމުން 2000 ގެ އަހަރުތަކުގެ ލަވަތަކުގެ ހަނދާންތަކާއި ހައި ސްްކޫލް މިއުޒިކަލް ގެ ދުވަސްތަކުގެ ހަނދާންތައް އާވެގެންދެ އެވެ. މި ލަވައިން ސެލީނާ، ޖިސޫ، ޖެނީ އަދި ރޯސްގެ ލަވަކިޔުމުން ގައިން ހީބިހި ނަގައިގެންދެ އެވެ. ނަމަވެސް ލަވައިގެ ފޯރި ގެނުވައިދެނީ ލިސާ ގެ ރެޕް އިންނެވެ.

މީގެ ހަފްތާއެއް ކުރިން ސެލީނާގެ އިންސްޓަގްރާމް އެކައުންޓްގައި ސެލްޕިންކް ގެ ލަވައެއް ފެނިގެންދާނެ ކަމަށް ބުނުމުން އެތައް ބައެއްގެ ހިތްތަކަށް އުއްމީދުން ފުރިގެން ދިޔަ އެވެ. ސެލީނާ އާއި ބްލެކްޕިންކްގެ ލަވަތަކަކީ ދުނިޔޭގެ އެތައް ބައެއްގެ މަގްބޫލުކަން ހޯދަމުން އަންނަ ލަވަތަކެކެވެ. ނަމަވެސް މި ލަވަ ބެލުންތެރިން އުއްމީދު ކުރިވަރެއް ނޫނެވެ. ބެލުންތެރިން ބުނާ ގޮތުގައި ސެލީނާއާއި ބްލެކްޕިންގެ ލަވަކިޔުމާއި މިއުޒިކް ތަފާތުވުމުން ބޭނުންވާ ވަރުގެ ނަތީޖާއެއް ނުފެނުނީ އެވެ.

ލަވައަށް އެހާ ބޮޑު ތަރުހީބެއް ނުލިބުނު ކަމުގައި ވިޔަސް ސެލީނާއާއި ބްލެކްޕިންކް އެއް ލަވައަކުން ފެނުމުން އުފާކުރާ ކަމަށްވެސް ސަޕޯޓަރުން ބުނެ އެވެ. 

ގާތްގަނޑަކަށް 62 މިލިއަނަށް ވުރެ ގިނަ ވިއުސް މިހާރު ވެސް ލަވައަށް ލިބިފައިވެ އެވެ. ސެލީނާއެކޭ އެއްގޮތަށް ބްލެކްޕިންކަކީ ވެސް ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ބޭންޑެކެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް