ads
ކަންގަނާ--
ޑްރަގު ދީގެން އަހަރެން މަރާލަން މަސައްކަތް ކުރި: ކަންގަނާ
އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ މަސްތުވާތަކެއްޗާ ގުޅުން އޮތް ކަމަށް ބެލެވެން ފެށުމާއެކު ބޮލީވުޑުގެ ތަރިންގެ ތެރެއިން އެކަމާ ވާހަކަ ދައްކަމުން ދަނީ ހަމައެކަނި ކަންގަނާ ރަނޯޓް އެވެ.

ބޮލީވުޑުގައި މަސްތުވާތަކެތީގެ ކަންކަން އޮންނަ ގޮތް ސުޝާންތުގެ ތަހުގީގަށް ކިޔައިދިނުމަށް ތައްޔާރަށް ހުރި ކަމަށް ވެސް ކަންގަނާ ވަނީ ބުނެފަ އެވެ. 

ދާދި ފަހުން އޭނާ ވަނީ ރިޕަބްލިކް ޓީވީއަށް ދިން ހާއްސަ އިންޓަވިއުއެއްގައި އޭނާއަށް ދިމާވި ކަންތައްތަކެއްގެ ވާހަކަ ވެސް ހިއްސާކޮށްފަ އެވެ. 

ކަންގަނާ ބުނީ ސުޝާންތަށް ނޭނގި މަސްތުވާތަކެތި އޭނާއަށް ދީފައިވުން އެކަށީގެންވޭ ކަމަށެވެ. އަދި ސުޝާންތަކީ އެލްއެސްޑީ ފަދަ ނުރައްކާތެރި ޑްރަގު ބޭނުން ކުރާނެ މީހެއް ނޫން ކަމަށް ވެސް ބުނެފައި ވެއެވެ. 

އޭގެ އިތުރުން އުމުރުން އެންމެ 16 އަހަރުގައި ކަންގަނާ މުމްބާއީއަށް ދިޔުމުން ދިމާވި ކަންތައްތަކުގެ ތެރޭގައި "ކެރެކްޓާ އެކްޓަރެއް" އޭނާއަށް ނޭނގި މަސްތުވާތަކެތި ދީފައިވުން ހިމެނޭ ކަމަށް ކަންގަނާ ބުންޏެވެ. 

އަދި އެގޮތަށް ކަން ކޮށްފައި ވަނީ ކަންގަނާ ނަފްސާނީ ގޮތުން ބަލިކޮށްލަން ކަމަށް އެ "ކެރެކްޓާ އެކްޓަރު" ބުނި ކަމަށާއި، އަމިއްލައަށް މަރު ނުވެ ސަލާމަތްވީ ނަސީބުން ކަމަށް ކަންގަނާ ވަނީ ބުނެފަ އެވެ. 

އެމީހާގެ ކިބައިން ސަލާމަތްވުމަށް އެއް ދުވަހު ކުޑަދޮރުން ފުންމާލައިގެން ގޮސް ފުލުހަށް މައްސަލަ ހުށަހެޅި ކަމަށާއި، އެ ވަގުތު ވެސް ކަންގަނާއަށް ހުރި މަސްތުވާތަކެތި ދީފައިވާ ކަމަށް އޭނާ ބުންޏެވެ. 

މަސްތުވާތަކެތީގެ ތުހުމަތު ކުރެވިގެން ތަހުގީގީ އިދާރާތަކުން މިހާރު ވަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީގެ މައްސަލަ ބަލަން ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް