އެސްބީއައިއިން ބުނީ ހެންވޭރުގައި ހުންނަ ގަދަގޭ މުހައްމަދުފުޅު ބިލްޑިންގައި އަލިފާން ހިފާ، އެ ބޭންކު ހިންގާ ފްލޯތަކަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ. ލިބުނު ގެއްލުންތައް މިހާރު ބަލަމުން އަންނަ ކަމަށާއި، މާދަމާ ހިދުމަތް ފެށޭތޯ ބަލަމުންދާ ކަމަށް އެ ބޭންކުން ބުންޏެވެ.
ރޭ ފުރަތަމަ ރޯވެފައި ވަނީ ދެ ފްލޯއަށް ހަދާފައިވާ ޓިއޮލޯ ކެފޭގަ އެވެ. އެތަން ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ. އެ އަލިފާންގަނޑު ވަނީ ގަދަގޭ މުހައްމަދުފުޅު ބިލްޑިންއަށް ވެސް ފެތުރިފަ އެވެ. އެ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.