ads
ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ-- ފޮޓޯ: އެމްއެންޑީއެފް
ކަނޑުމަތީގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރާނެ ތަކެތި ރާއްޖެއަށް ހަދިޔާކޮށްފި
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް މެރިޓައިމް އެކިއުޕްމެންޓް ހަދިޔާކޮށްފި އެވެ.

އެތަކެއްޗަކީ ޖަޕާނުގެ ސަރުކާރުން ފަންޑުކޮށްގެން ގަނެ ރާއްޖެއަށް ހަދިޔާކޮށްފައިވާ ތަކެތި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޔޫއެންއޯޑީސީން ހަދިޔާކޮށްފައި ވަނީ މެރިޓައިމް ޑޮމެއިން އެވެއާނެސް އިކުއިޕްމެންޓެވެ. އަދި އެ ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ އެވެ.  

އެތަކެއްޗަކީ ޔޫއެންއޯޑީސީގެ ގުލޯބަލް މެރިޓައިމް ކްރައިމް ޕްރޮގުރާމްގެ ދަށުން ރާއްޖޭގެ މެރިޓައިމްގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ޖަޕާން ސަރުކާރުގެ ފަރާތުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފައިވާ ތަކެތި ކަމަށް އެމްއެންޑީއެފްއިން ބުނެ އެވެ .

your imageޔޫއެންއޯޑީސީން ހަދިޔާކޮށްފައިވަނީ މެރިޓައިމް ޑޮމެއިން އެވެއާނެސް އިކުއިޕްމެންޓް

އެމްއެންޑީއެފްއިން ބުނީ އެ ވަސީލަތްތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުފަތުރު ކުރަމުންދާ އުޅަނދުފަހަރު ފަސޭހައިން ބަލާލެވޭނެ ކަމަށާއި އެކަމުގެ ސަބަބުން ކަނޑުމަތީގައި ސަލާމަތްތެރިކަމާއި ގުޅުން ހުރި ކަންކަން ރަނގަޅުވެގެން ދާނެ ކަމަށެވެ. 

އަދި މީގެ އިތުރުން، ލިބުނު އެހީގެ ސަަބަބުން ކަނޑުމަތީގައި ހިންގާ އޮޕަރޭޝަންތައް އިތުރަށް ހަލުވިވެ ހަރުދަނާވެގެން ދާނެ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް