ads
ގައިޑްލައިންއާ ހިލާފަށް ހިންގި ފިހާރައެއް ބަންދުކޮށްފައި--
ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިއަށް ބަދަލުގެނެސްފި
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގައި، ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތަކަށް ބަދަލުގެނެސްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ މުއްދަތުގައި، މާދަމާ އިން ފެށިގެން، މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި، ފިހާރަ ފަދަ ތަންތަން ކަސްޓަމަރުންނަށް ހުޅުވާލައިގެން ހިދުމަތް ދެވޭނެ ގަޑިއަކީ، ހެނދުނު 06:00 އިން ރޭގަނޑު 09:30 އަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ ކަސްޓަމަރުންނަށް ހުޅުވާލައިގެން، ވިޔަފާރި ކުރާ ފިހާރަ ފަދަ ތަންތަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާ އުސޫލުތަކާއި އެއްގޮތަށް އަމަލުކުރަން ވާނެ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ ކަނޑައަޅާފައިވާ ގަޑިތަކުގައި، އިތުރު ހުއްދައެއް ނުނަގައި ވިޔަފާރި ކުރެވޭނެ ކަމަށެވެ.

ލޮކްޑައުނަށް ފަހު ދިން ލުއިތަކުގައި ކުރިން އެ މިނިސްޓްރީން އަންގާފައި ވަނީ ފަތިހު 05:00 އިން ރޭގަނޑު 10:00 އާ ހަމައަށް ކެފޭ އަދި ފިހާރަތަކުން ހިދުމަތް ދެވޭނެ ކަމަށެވެ. 

ނަމަވެސް ގަޑިތަކަށް އަނެއްކާވެސް ބަދަލު ގެނެސްފައި މި ވަނީ ކޮވިޑް-19 ބަލި މީހުން އިތުރުވެ، ރޭގަނޑު 08:00 އިން ފަތިހު 05:00 އަށް މާލޭ މަގުތަކުގައި އުޅަނދު ފަހަރު ދުއްވުން މަނާކޮށްފައި ވަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް