ކޮވިޑާ ގުޅިގެން ނިމުނު ސީޒަން ދިގު ދެމިގެން ގޮސްފައިވާއިރު، އައު ސީޒަން މި ފަށަނީ އެންމެ މަހެއްހާ ދުވަސް ފަހުންނެވެ. ޗެރިޓީ ޝީލްޑުން މިރޭ ސީޒަން ހުޅުވައި، ޕްރިމިއާ ލީގު ފަށާނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.
އާސެނަލްއާއި ޗެލްސީ މީގެ ކުރިން ޗެރިޓީ ޝީލްޑުގައި ހަތް ފަހަރު ވާދަކޮށްފައިވެއެވެ. ވެމްބްލީ ސްޓޭޑިއަމްގައި އާސެނަލާ ލިވަޕޫލް ވާދަކުރާ މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ އަށްގަޑި ބައިގައެވެ.