ads
އިންޑިއާ ހައި ކޮމިޝަން ދޮށުގައި ސިފައިން-- ފޮޓޯ: ސޯޝަލް މީޑިއާ
އިންޑިއާ ހައި ކޮމިޝަން ދޮށުގައި ސިފައިން ހަތިޔާރާއެކު ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
މާލޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަންގެ ސެކިއުރިޓީ ވަރުގަދަކޮށް ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވާން ފަށައިފި އެވެ.

މީގެ ކުރިން އަމީރު އަހުމަދު މަގުގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ ސެކިއުރިޓީ ބަލަހައްޓަމުން އައީ ފުލުހުންނެވެ. 

އެކަމަކު އެތަނުގެ ސެކިއުރިޓީ ވަރުގަދަކޮށް ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަމުން އަންނަ ސަބަބާއި ގުޅިގެން އެމްއެންޑީއެފްގެ މީޑިއާ ގްރޫޕުގައި ނޫސްވެރިން ސުވާލުކުރި ނަމަވެސް އެކަމާއި ގުޅިގެން އަދި ޖަވާބެއް ނުދެ އެވެ. 

އެ ސަރަހައްދުގައި ސިފައިން ހަތިޔާރާއެކު ސެކިއުރިޓީ ބަލަހައްޓަމުން އަންނައިރު "ރާއްޖެ ވިއްކާލުމާއި ދެކޮޅަށް" ގެ ނަމުގައި އިދިކޮޅު އިއްޔެ ސައިކަލު ބުރެއް ބާއްވާ، ވަނީ އިންޑިއާއަށް ފާޑުކިޔާފަ އެވެ. 

އެ ސައިކަލު ބުރަށް މާއިރުތަކެއް ނުވެ ސްޓޭޓް ބޭންކް އޮފް އިންޑިއާ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގުމުން އެކަމުގެ ތުހުމަތުވެސް އިދިކޮޅުގެ ބޮލުގައި އަޅުވާ ފަދަ މޭރުމަކުން ބައެއް މީހުން ދަނީ ވާހަކަ ދައްކަމުންނެވެ. 

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވަނީ ރޭ ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހިނގި އަލިފާނުގެ ހާދިސާއަކީ އެކްސިޑެންޓަކަށް ވުރެ ބޮޑަށް ޓެރަރިޒަމްގެ އަމަލަކަށް ވުން ގާތް ކަމަށް ވިދާޅުވެފަ އެވެ. 

އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާރު ފުލުހުން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް