ads
ސުޝާންތާއި ރިއާ--
ރިއާ ފުލުހުންގެ ސެކިއުރިޓީއަށް އެދިއްޖެ
ސުޝާންތުގެ މަރާއި ގުޅިގެން ބޮޑެތި ތުހުމަތަކެއް ކުރެވޭ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓްރީ ފުލުހުންގެ ސެކިއުރިޓީއަށް އެދިއްޖެ އެވެ.

ސެންޓްރަލް ބިއުރޯ އޮޕް އިންވެސްޓިގޭޝަނުން މިހާރު އެ މައްސަލަ ތަހުގީގުކުރަމުން އަންނައިރު ހުކުރު ދުވަހު ވެސް 9-10 ގަޑިއިރު ވަންދެން އޭނާއާ ސުވާލުކޮށްފައިވެ އެވެ. 

މިހާރު ރިއާ މިވަނީ މީޑިއާ އިން އޭނާއަށް ފުރައްސާރަކޮށް ޖެއްސުން ކުރަމުން އަންނަ ކަމަށް ބުނެ ފުލުހަށް މައްސަލައެއް ވެސް ހުށަހަޅާފަ އެވެ. އެގޮތުން އޭނާ އެދިފައި ވަނީ ސެކިއުރިޓީ ވަރުގަދަކޮށްދިނުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މިހާރު ހިނގަމުންދާ ކަންކަމާއި ގުޅިގެން ރިއާގެ މަންމައަށް ވެސް ވަނީ ނަފްސާނީ ގޮތުން އަސަރުކޮށްފަ އެވެ. އަދި މިފަހުން ޕަޕަރާޒީން ވެސް ރިއާ ބައްޕަ މަގުމަތިން ފެނުމާއެކު އޭނާ ވަށާލި ކަމަށް ބުނެ އެވެ.

ރިއާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭއިރު އޭނާ ވަނީ އެ ހުރިހާ ތުހުމަތެއް ދޮގުކޮށްފަ އެވެ. ރިއާ މިފަހުން ދިން އިންޓަވިއުއެއްގައި ވަނީ ސުޝާންތުގެ އާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. އަދި އެމީހުން ދިމާވެއްޖެއްޔާ އަބަދުވެސް ކުރާނީ ކޮންމެވެސް ޒުވާބެއް ކަމަށް ބުނެ އެވެ. 

ސުޝާންތު މަރުވީ ޖޫން މަހުގެ 14 ވަނަ ދުވަހެވެ. އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާއިރު ގިނަ ބަޔަކު ރިއާއަށް ތުހުމަތައް ކުރެ އެވެ. 

ޕަތްނާގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ތުހުމަތު ކުރަނީ، އޭނާ އަމިއްލައަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމާއި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް