ads
ދިރާގުން ރާއްޖެއަށް ތައާރަފުކުރި އީވާރު ސިސްޓަމެއް--
އެއް ފަހަރާ ގިނަ ބައެއްގެ ހުން ބަލާލެވޭ ސިސްޓަމެއް ދިރާގުން ތައާރަފުކޮށްފި
އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި އެއް ފަހަރާ ގިނަ ބައެއްގެ ހުން ބެލޭ ގޮތަށް ފަރުމާކޮށްފައިވާ ތާމަލް މާސް ސްކްރީނިންމ ސޮލިއުޝަން، "އާލީ ވޯނިން އެލާޓް އެންޑް ރެސްޕޯންސް (އީވާރު)" ދިރާގުން ރާއްޖޭގެ މާކެޓަށް ނެރެފި އެވެ.

ދިރާގުން ވަނީ އޭގެ ދެ ސޮލިއުޝަނެއް ތައާރަފުކޮށްފަ އެވެ. އެއީ އީވާރު ކްރައުޑް އާއި އީވާރު ކޮމްޕެކްޓު އެވެ.

އީވާރު ކްރައުޑުން އެއް ފަހަރާ 10-15 މީހުންގެ ހުން ބަލާލެވޭނެ އެވެ. އީވާރު ކޮމްޕެކްޓަކީ ވަކިވަކި މީހުންގެ ހުން ބަލާލެވޭނެ ސޮލިއުޝަނެކެވެ. 

ޓެލެކޮމް މެލޭޝިއާއާ ގުޅިގެން ދިރާގުން ތައާރަފު ކުރި މި ޓެކްނޮލޮޖީއަކީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ދެމެހެއްޓުމަށް ވިޔަފާރިތަކާއި ސިއްހީ ދާއިރާއަށް އެހީވެދޭނެ ސޮލިއުޝަންތަކެއް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. 

މި ތަކެތި ދިރާގު ހެޑް އޮފީހުގައި މިހާރު ބޭނުން ކުރަން ފަށާފައި ވާއިރު، މި ސިސްޓަމް މެދުވެރިކޮށް ހުން ހުރި މީހުން ދެނެގަނެ ވަގުތުން އެލާޓް ފޮނުވާނެ އެވެ. 

އެގޮތުން މޮބައިލް ފޯނަށް ނޮޓިފިކޭޝަން ފޮނުވާނެ ކަމަށާއި، އެ ޑޭޓާ ތިން މަސް ވަންދެން ކްލައުޑް ސިސްޓަމެއްގައި ހުންނާނެ ކަމަށް ދިރާގުން ބުނެ އެވެ. އެހެންކަމުން މިއީ ކޮންޓެކްޓް ޓްރޭސިން ހެދުމަށް ވެސް ފަސޭހަ ސިސްޓަމަކަށް ވާނެ އެވެ.

ދިރާގުގެ ޗީފް މާކެޓިން އޮފިސަރު މަހުމޫދް ދަސަރު ވިދާޅުވީ ގޮތުގައި ކަސްޓަމަރުންނާއި މުވައްޒަފުން އަދި މުޅި މުޖުތަމައުގެ ސިއްހަތާއި ރައްކާތެރިކަން އިސްކުރުމަށް ކުންފުނިތަކުން މަސައްކަތް ކުރާ މި ދަނޑިވަޅުގައި ޓެލެކޮމް މެލޭޝިއާއާ ގުޅިގެން އީވާރު ރާއްޖެއަށް ތައާރަފު ކުރުމަކީ ދިރާގަށް ލިބުނު އުފަލެއް ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް