ads
އެސްޓީއޯ
އެސްޓިއޯގެ ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކޮށްފި
އެސްޓިއޯއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ކޮންމެ ހިއްސާއަކަށް 58 ރުފިޔާ ބަހަން އެސްޓިއޯގެ ބޯޑުން މިއަދު ފާސްކޮށްފިއެވެ.

އެސްޓިއޯގެ އަހަރީ އާންމު ޖަލްސާ މިއަދު ވަނީ އޮންލައިންކޮށް ބާއްވާފައެވެ.

އެސްޓިއޯއިން ހިއްސާއަކަށް 58ރފ ބަހަން ނިންމާފައިވާ އިރު މިދިޔަ އަހަރަކީ އެކުންފުންޏަށް މާލީ ގޮތުން އެންމެ ފައިދާ ލިބުނު އަހަރު ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

މިއަދު އޮންލައިކޮށް ބޭއްވި އެކުންފުނީގެ އަހަރީ ޖަލްސާގައި 52 ހިއްސާދާރުން ބައިވެރިވެފައިވެއެވެ.

މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 58 ރުފިޔާ ބަހަން ފާސްކުރީ ވޯޓުގައި ބައިވެރިވި 52 ހިއްސާދާރުންގެ ވޯޓުންނެވެ. 

ފާއިތުވި ދެ އަހަރުވެސް އެސްޓީއޯއިން ހިއްސާއަކަށް ބަހާފައި ވަނީ 58 ރުފިޔާ އެވެ.  

އެސްޓިއޯއިން ބުނީ މިދިޔަ އަހަރަކީ އެކުންފުންޏަށް އެންމެ ފައިދާވި އަހަރު ކަމަށެވެ.

އެސްޓީއޯގެ މާލީ ރިޕޯޓް ދައްކާ ގޮތުގައި މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު މިންވަރު ވަނީ 95 ޕަސެންޓު އިތުރުވެފަ އެވެ. އެސްޓިއޯގެ ޖުމްލަ ސާފު ފައިދާ އުޅެނީ 383 މިލިއަން ރުފިޔާގަ އެވެ. 

މިއަދު ބޭއްވި ޖަލްސާގައި ވަނީ އެކުންފުނީގެ ޑީރެކްޓަރުންގެ ބޯޑަށް އާންމު ހިއްސާދާރުންގެ ފަރާތުން މީހަކު އައްޔަން ކޯށްފައެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކޮށްފައިވަނީ ހ. މޮސްކޯގެ އާމިނަތު ރުޝްމާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް