ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ހ. މޮސްކޯ، އައިމިނަތު ރުޝްމާ——— ފުޓޯ: އެސްޓީއޯ
ހިއްސާދާރުންގެ ފަރާތުން އެސްޓީއޯގެ ބޯޑަށް މިފަހަރުވެސް ރުޝްމާ
ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ހ. މޮސްކޯ، އައިމިނަތު ރުޝްމާ އައްޔަންކުރަން އެސްޓީއޯ އިން ފާސްކޮށްފި އެވެ.
Advertisement

ރުޝްމާ މަގާމަށް އައްޔަން ކޮށްފައިވަނީ މިއަދު ކުރިއަށް ގެންދިޔަ 2019 ވަނަ އަހަރުގެ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ އަހަރީ އާންމު ޖަލްސާގަ އެވެ. 

ހިއްސާދާރުންގެ ފަރާތުން ބޯޑަށް އައްޔަނު ކުރައްވާ ބޭފުޅެއްގެ ގޮތުގައި އައިމިނަތު ރުޝްމާ އައްޔަންކުރުމަށް ފާސްކޮށްފައިވާއިރު އޭނާއަކީ ފާއިތުވި އަހަރު ވެސް ހިއްސާދާރުންގެ ފަރާތުން ބޯޑުގައި ހުންނެވި ބޭފުޅާކަން ފާހަގަކުރެވެ އެވެ.

ފުރަތަމަ ފަހަރަށް އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ވާޗުއަލްކޮށް ބާއްވާފައިވާ އިރު، އެ ޖަލްސާ ކުރިއަށް ގެންގޮސްފައި ވަނީ ޓީމްސް ލައިވް އިވެންޓްސް މެދުވެރިކޮށެވެ.

ޖަލްސާގައި އެސްޓީއޯގެ މައި ހިއްސާދަރުންގެ ފަރާތުން ބައިވެރިވެވަޑައިގެންފައި ވަނީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އިސްމާއިލް އަލީ މަނިކު އެވެ. އޭގެ އިތުރުން އޭޖީއެމްގައި 921،765 ހިއްސާ ތަމްސީލުކުރާ 52 މެމްބަރުން ބައިވެރިވެފައިވާއިރު އެއީ 11 މެމްބަރުންނާއި 41 ޕްރޮކްސީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް