ads
ބީއެމްއެލް--
ބީއެމްއެލް އިން ވަކިކުރި މުވައްޒަފަށް ވަޒީފާ އާއި ބަދަލުގެ ގޮތުގައި 2 މިލިއަން ރުފިޔާ ދޭން އަންގައިފި
ބޭންކް އޮފް މޯލްޑީވްސް ބީއެމްއެލްގެ އެމްއެސްއެމްއީ ހެޑް ފާތިމަތު މަލީހާ ޖަމާލް ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައެޅި ހުކުމް ސުޕްރީމް ކޯޓުންވެސް ދަމަހައްޓައިފިއެވެ.

ބީއެމްއެލްއިން ފާތިމަތު މަލީހާ ވަކިކުރީ އޭނާ އާއި އިތުރު ބަޔަކު 2012 ވަނަ އަހަރު ކުރި ދަތުރެއްގެ ހަރަދު އަނބުރާ ހޯދުމުގައި ނުކުރާ ހަރަދުތަކެއްގެ ހޯދަން އުޅުނު ކަމަށް ބުނެއެވެ.

ބީއެމްއެލްއިން ވަނީ އޭނާ އަށް ފަހުގެ އިންޒާރު ދީ އެއް އަހަރު ދުވަހުގެ މުސާރައާއި އެއަހަރުގެ ބޯނަސް ހިފަހައްޓަފައެވެ. އަދި އެމައްސަލަ އޭނާ ބޭންކުގެ ހިއުމަން ރިސޯސް ޑިޕާޓްމެންޓަށް ހުށަހެޅުމުން ހިއުމަން ރިސޯސް ޑިޕާޓްމެންޓުންވެސް ނިންމީ ބޭންކުގެ އެ ނިންމުމަށް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.

އަދި އެއަށްފަހު 2013 ވަނަ އަހަރު ބޭންކުން ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައެވެ.

އެމައްސަލަ މަލީހާ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެއިދާރާއިން ނިންމީ އޭނާ ވަޒީފާ އިން ވަކިކުރީ ގަވާއިދާ ހިލާފަށް ކަމަށާ އޭނާއަށް ވަޒީފާ އަލުން ދިނުމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި ދެމިލިއަން ދެލައްކަ ރުފިޔާ ނަގައިދިނުމަށެވެ.

އަދި އެމައްސަލަ ބީއެމްއެލްއިން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. ހައިކޯޓުންވެސް ވަނީ ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ނިންމި ނިމްމުމަށް ތާއީދު ކޮށްފައެވެ.

އެމައްސަލަ ބީއެމްއެލްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވެސް ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް އޭނާ އަށް އަލުން ވަޒީފާ ދިނުމަށް ހުކުމް ކޮށްފައެވެ.

ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އިސްތިއުނާފުކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ހުކުމަކީ ޝަރުއީ އަދި ހާނޫނާ ހިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް