އެ އިމާރާތް ބަންދުކޮށްފައި މިވަނީ އެތަނުގައި އުޅޭ ދުވަސްވީ މީހުންގެ ރައްކާތެރިކަމަށްޓަކަ އެވެ.
އުމުރުން 90 އަހަރުގެ ލަތާ އެކަމާއި ގުޅިގެން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ.
އެ ފިޔަވަޅު އަޅާފައިވަނީ އެތަނުގައި އުޅޭ މީހުން އަދި ވަކިން ހާއްސަކޮށް އިމާރާތުގައި އުޅޭ ދުވަސްވީ މީހުންގެ ސިއްހަތަށް ވިސްނާފައި ކަމަށް އޭނާ ބުންޏެވެ.
ކޮވިޑަކީ ދުވަސްވީ މީހުންނަށް ނުރައްކާތެރި ބައްޔެކެވެ. އެހެންކަމުން، އެ ފިޔަވަޅު އިމާރާތުގައި އުޅޭ މީހުން އެޅިއިރު މިފަހުން ފެސްޓިވަލްތައް ވެސް ބާއްވަމުން އައީ ވަރަށް ބަލައިގެން ކަމަށް ބުނެ އެވެ. އެގޮތުން އިޖުތިމާއީ ގައިދުރުކަމަށް ވަކިން ހާއްސަކޮށް ސަމާލުކަންދޭ ކަމަށް ބުންޏެވެ.
ލަތާ މަންގޭޝްކަރަކީ ބޮލީވުޑުގެ ގިނަ ފިލްމުތަކަކަށް ލަވަ ކިޔާފައިވާ ފަރާތެކެވެ. މިއަދު ވެސް އޭނާގެ ލަވަތަކަކީ ގިނަ ބައެއްގެ މެދުގައި މަގްބޫލު ލަވަތަކެކެވެ.