ads
ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތާރް މުހްތާރް ފަތްކޮޅު ރައީސް އަށް އަރުވަނީ-- ފޮޓޯ: ރައީސް އޮފީސް
ޕާކިސްތާނުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރުގެ ފަތްކޮޅު ރައީސް ސޯލިހަށް އަރުވައިފި
ޕާކިސްތާނުގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔާޑް) އަތާރް މުހްތާރް، އެކަމަނިކުފާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފި އެވެ.
Advertisement

ރައީސް އޮފީހުން ބުނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ފާކިސްތާނުގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި އޮތް ގާތް އަހުވަންތަ ގުޅުން ބިނާވެފައި ވަނީ ދެގައުމުގެ ދެމެދުގައިވާ އެއްގޮތް ކަންތައްތަކާއި، އިސްލާމީ އަގީދާގެ މައްޗަށްކަން ރައީސް ފާހަގަކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ހާލަތާއި، ދެގައުމުން އިސްކަން ދޭ ކަންކަމަށް ރިއާޔަތް ކުރައްވައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާނާއި ފޯނުން ގުޅުއްވައި މަޝްވަރާ ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގެންކަން ފާހަގަކުރައްވާފަ ކަމަށެވެ.

އަދި، އެމަނިކުފާނު ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރާއި އެގައުމުގެ ސަރުކާރުން ކޮވިޑް-19 ކޮންޓްރޯލް ކުރުމުގައި ހޯދިފައިވާ ކާމިޔާބީ އަދި ނަންގަވަމުންދާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވައި އެކަމަށް ތައުރީފު ކުރައްވާފައެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ޕާކިސްތާނުގައި ކުރިމަތިވާ މޫސުމީ ވިއްސާރައިގައި ގެއްލުން ލިބެމުންދާ ފަރާތްތަކަށް ހަމްދަރުދީ ފޮނުއްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހިޒް އެކްސަލެންސީ ވައިސް އެޑްމިރަލް (ރިޓަޔަޑް) އަތާރް މުހްތާރްގެ ސަފީރުކަމުގެ ދައުރުގައި ރާއްޖެ އާއި ޕާކިސްތާނާ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުގުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި، އެމަނިކުފާނު ވަނީ ފާއިތުވި ދުވަސްތަކުގައި ހާއްސަކޮށް ޒުވާނުންގެ ތަރައްގީ އާއި ސިއްހީ އަދި ތައުލީމީ ރޮނގުން ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް