މޯލްޑިވިއަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ 200 ބަންގްލަދޭޝް މީހުން ގޮވައިގެން އެގައުމުގެ ވެރި ރަށް، ޑާކާއަށް މޯލްޑިވިއަންގެ ފްލައިޓެއް ގޮސްފައިވާ ކަމަށެވެ. މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން ގޮވައިގެން ކުރާ 34 ވަނަ ދަތުރެވެ.
އެއާއެކު މޯލްޑިވިއަނުން ޖުމްލަ 6532 ބަންގްލަދޭޝް މީހަކު މިވަނީ ގައުމަށް ގެންގޮސްފަ އެވެ.
ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް ރައްޔިތުން އަނބުރާ ފޮނުވާލުމުގެ މަސައްކަތަކީ ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން ކުރާ ކަމެކެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް 80000 އާ ގާތް ކުރާ އަދަދަކަށް މީހުން އުޅޭ ކަމަށް ކަމާއި ބެހޭ އިދާރާތަކުން އަންދާޒާކުރެ އެވެ.