ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވާފައިވާ ޙުސެއިން ޝަމީމަށް ރުހުންދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

Advertisement
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޖިލީހަށް ފޮނުއްވާފައިވާ ޙުސެއިން ޝަމީމަށް ރުހުންދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރުމަށްޓަކައި އާންމުކޮށް ޢިއުލާންކުރުމުން އެކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ރުހުން ހޯދެއްވުމަށް މަޖިލީހަށް ރައީސް ސާލިހު ފޮނުއްވާފައިވަނީ ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރެއްވި ޝަމީމްގެ ނަންފުޅެވެ.
ޖުޑީޝިއަރީ ކޮމިޓިން ރޭ ވަނީ ޝަމީމްއާއި އިންޓަރވިއުކޮށް އޭނާއަށް ރުހުން ދޭން ފެންނަކަމަށް ފާސްކޮށްފައެވެ. އިންޓަވިއުގައި ބައިވެރިވެވަޑައިގެންނެވި ނުވަ މެމްބަރުންގެ ސުވާލުތަކަށް ޝަމީމް ވަނީ ޖަވާބުދާރީވެވަޑައިގެންފައެވެ.
ރޭގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ ޝަމީމްގެ ގިނަ ކަންތައްތަކެއް ބައްލަވާފައެވެ. އެގޮތުން ކުށުގެ ރެކޯޑުތަކާއި ޕްރްސެކިއުޓަރ ޖެނެރަލެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވޭތޯއާއި މަގާމުގެ މަސްއޫލިއްޔަތުތަކާއި ގާބިލްކަން ހުރި ފަރާތެއްތޯ ބެލުމަށް ކޮމެޓީން ވަނީ ޝަމީމްއާއި ސުވާލުކުރައްވާފައެވެ.
އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ ތަސައްވުރަކީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބަހައްޓާންޖެހިއްޖެ ނަމަ ވީހާވެސް ކުރުމުއްދަތެއްގައި އޭނާ ބެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދިއުން ކަމަށާއި ނުބެލި ލަސްވަމުންދާ މައްސަލަތަކަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން އިއްޔެ ޝަމީމްއާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް ޝަކުވާއެއް ޝަމީމްއާއި ގުޅޭގޮތުން ހުށަހަޅާފައި ނުވާ ކަމަށް ރޭގެ ކޮމެޓީގެ ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައެވެ.