ads
ފޮޓޯ: ސޯޝަލް މީޑިއާ
ވިލިނގިއްޔަށް ނޭރުވި ކޮވިޑް ބަލިމީހާ މާލެ ގެނެސްފި
ގދ. ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ، ގއ. ވިލިނގިއްޔަށް ނޭރުވުމުން މާލެ ގެނެސްފި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ގދ. ތިނަދޫ ކައުންސިލްގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި އެމީހާ މާލެ ގެނެސްފައިވާ ކަމަށެވެ. އެމީހާ މާލެ ގެނެސްފައިވަނީ މޯލްޑިވިއަންގެ ސީޕްލޭނެއްގައި ކަމަށް އައްސަދު މައުލޫމާތު ދެއްވާފައިވެ އެވެ. 

ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވް ވި އުމުރުން 68 އަހަރުގެ މީހާއަކީ ހައި ރިސްކް މީހެެއް ކަމުން، އެމީހާ ގެންދިޔައީ ގއ. އަތޮޅުގައި ތަރައްގީކުރި ކޮވިޑް ފެސިލިޓީއަށެވެ. 

އެ ތަނަކީ އެ ސަރަހައްދުގައި ވެސް ހުރި ހަމައެކަނި ކޮވިޑް ފެސިލިޓީ އެވެ. 

އެކަމަކު ރަށުގެ މީހުން ނިކުމެ އެކަމާއި ދެކޮޅަށް ބަނދަރު ސަރަހައްދުގައި އަޑުއުފުލުމުން ގާތްގަނޑަކަށް ދެ ގަޑިއިރެއްހާއިރު ވަންދެން ވިލިނގިއްޔަށް ނޭރި އެމީހާއަށް ސީއެމްބިއުލާންސްގައި އިންނަން ޖެހުނެވެ. 

ކޮވިޑް ބަލިމީހާ ވިލިނގިއްޔަށް ނޭރުވުމުން އެކަން ވަނީ ތިނަދޫ ކައުންސިލުންނާއި ގއ. އަތޮޅު ކައުންސިލުން ކުށްވެރިކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް