ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ފޮޓޯ: ރައީސް އޮފީސް
އިންޑިއާގެ ކުރީގެ ރައީސް އަވަހާރަވުމުން ތައުޒިޔާ ފޮނުވައިފި
އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާގެ ރައީސް ރާމް ނާތް ކޯވިންދަށް ތައުޒިޔާ ފޮނުވައިފި އެވެ.
Advertisement

ރައީސްގެ ތައުޒިޔާގެ މެސެޖުގައި އިންޑިއާގެ ކުރީގެ ރައީސް  އަވަހާރަވިކަމުގެ ހަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށާއި، މިއީ އިންޑިއާއާއި މުޅި ދެކުނު އޭޝިއާ ސަރަހައްދަށް ވެސް ގެއްލިގެން ދިޔަ ހިދުމަތްތެރި ބަތޮލެއްކަން ފާހަގަ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

އަދި، ޕްރަނާބް މުކަރުޖީ ތަރައްގީއަށް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ ގިނަ ހިދުމަތްތަކަކީ އަންނަން އޮތް ޖީލުތަކުން ވެސް ހަނދާން އާކުރަމުންގެންދާނެ ކަންތައްތަކެއްކަން ރައީސް ފާހަގަ ކުރައްވާފައިވެ އެވެ. 

އިންޑިއާގެ ކުރީގެ ރައީސް ޕްރަނާބް މުކަރުޖީ އަވަހާރަވެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިްވެ، ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށެވެ. އިންޑިއާގެ ރައީސްކަން 2012 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުރި މުކަރްޖީ އަށް ކޮވިޑް ޖެހިގެން ފަރުވާދޭން ފެއްޓެވީ މިމަހުގެ 10 ވަނަ ދުވަހެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް