ads
ޖަޕާނުން އިންޑިއާއަށް ބޮޑު ލޯނެއް ދީފި
އިންޑިއާއިން ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ޖަޕާނުން އިންޑިއާއަށް ބޮޑު ލޯނެއްދީފިއެވެ.

ޖަޕާނުން ހޯމަ ދުވަހު ވަނީ އެގައުމުން އިންޑިއާއަށް އެމަޖަންސީ ސަޕޯޓް ލޯނުގެ ގޮތުގައި 50 ބިލިއަން ޔެން (ގާތްގަނޑަކަށް 3500 ކްރޯޑް ރުޕީސް) ދޭން ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ.

ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަތޯޝީ ސުޒްކީ އާއި އިންޑިއާގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެފެއާޒްގެ އެޑީޝަނަލް ސެކްރެޓަރީ، ސީއެސް މޮހާޕަތްރާ ވަނީ ދެގައުމުގެ މެދުގައި އެއްބަސްވުމުން ބަދަލުކޮށްފަ އެވެ. 

އެ ލޯނުގެ ދަށުން އެގައުމުގައި ސިއްހީ ދާއިރާއާ ދެކޮޅަށް ކުރަމުންދާ މަސައްކަތާއި ހޮސްޕިޓަލުތަކުގައި ސިއްހީ ސާމާނު  އިތުރުކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ބުނެ އެވެ.

އެކަމާއި ގުޅިގެން ޖަޕާނު އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާ ސަރުކާރުން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ގިނަ މަސައްކަތްތަކެއްްކޮށްފައި ކަމަށެވެ.

އެގޮތުން އެ ލޯނަކީ އިންޑިއާއިން ކޮވިޑާއި ދެކޮޅަށް ކުރަމުންދާ އިމަޖަންސީ މަސައްްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފޯރުކޮށްދޭ ލޯނެއްކަން ފާހަގަކުރެ އެވެ. 

އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މިއީ ކޮވިޑާއި ގުޅިގެން ގައުމަކުން އިންޑިއާއަށް ފޯރުކޮށްދިން އެންމެ ބޮޑު މާލީ އެހީތެރިކަމެވެ. 

އިންޑިއާއަކީ އޭޝިއާ ބައްރުން އެންމެ ހަލުވި މިނެއްގައި ކޮވިޑް ފެތުރެމުންދާ ގައުމެވެ. އެގައުމުން 3.6 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އިންޑިއާއަކީ ދުނިޔެއިން ތިން ވަނައަށް އެންމެ ގިނަ ބަޔަކަށް ކޮވިޑް ޖެހުނު ގައުމެވެ.

އެ ގައުމުން ކޮވިޑުން އަރައިގަތުމަށް ޖަޕާނުން ބޮޑު ލޯނެއް ނެގިއިރު ރާއްޖެއިން ކޮވިޑާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ވެސް އެހީތެރިކަން ފޯރުކޮށްދިން ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް