ރާއްޖޭގައި 48 ޕަސަންޓު ގޭބިސީގެ އެންމެ އިސް މީހަކަށް ހުންނަނީ އަންހެނެއް
ފާތިމަތު ސާޔާ އަހުމަދު
01 ސެޕްޓެމްބަރ 2020 - 13:28:53
ރާއްޖޭގައި ގާތްގަނޑަކަށް 50 ޕަސަންޓު ގޭބިސީގެ އެންމެ އިސް މީހަކަށް ހުންނަނީ އަންހެނެއް ކަމަށް ނެޝަނަލް ސްޓެޓިސްޓިކްސް ބިޔުރޯ އިން ނެރުނު ރިޕޯޓަކުން ދައްކައިފި އެވެ.
ގޭބިސީގެ އާމްދަނީ އާއި ހަރަދުގެ ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި ޖުމްލަ 87،537 ގޭބިސީ އެބަ ހުއްޓެވެ. އެއީ މާލޭގައި 41،737 ގޭބިސީ އާއި އަތޮޅު ތެރޭގައި 45،808 ގޭބިސީ އެވެ.
މުޅި ރާއްޖޭގެ ޖުމްލަ ގޭބިސީގެ ތެރެއިން 48 ޕަސަންޓުގައި އެ ގޭބިސީގެ އެންމެ އިސް މީހަކަށް ހުންނަނީ އަންހެނެކެވެ. އެވްރެޖުކޮށް ގޭބިސީއެއްގައި 5.2 މީހުން އުޅެ އެވެ.
ގިނަ އަދަދެއްގެ ގޭބިސީގެ އެންމެ އިސް މީހަކަށް އަންހެނަކު ހުންނައިރު، ގޭބިސީއަކުން އެވްރެޖު ގޮތެއްގައި އާމްދަނީ ލިބެނީ 2.6 މީހުންނަށެވެ.
އެގޮތުން މާލޭގެ ގޭބިސީއަކަށް އެވްރެޖު ގޮތެއްގައި އާމްދަނީގެ ގޮތުގައި ލިބެނީ 35،596 ރުފިޔާ ލިބޭއިރު ރަށްރަށުގެ ގޭބިސީތަކަށް އެވްރެޖު ގޮތެއްގައި އާމްދަނީގެ ގޮތުގައި ލިބެނީ 19،633 ރުފިޔާ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް