އިމިގްރޭޝަނުން ބުނީ، ޝަހްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު އުމުރުން 23 އަހަރުގެ ބިދޭސީއަކު ފިރިހެނަކު ހުއްޓުވާފައިވާ ކަމަށެވެ.
އެ މީހާ ރާއްޖެއެތެރެވާން މަސައްކަތް ކޮށްފައިވަނީ ވައްތަރު މީހެއްގެ ޕާސްޕޯޓު ބޭނުންކޮށްގެން ކަމަށް ވެސް އިމިގްރޭޝަނުން ބުނެ އެވެ.
އެހެންނަމަވެސް އެމީހާއާއި ބެހޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހިއްސާ ކޮށްފައެއް ނުވެ އެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއީ މިދިޔަ ޖުލައި މަހުގެ 15 ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން މިގޮތަށް ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރި ތިން ވަނަ މީހާ އެވެ.