ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ރިއާ އާއި ސުޝާންތު--
ރިއާގެ ބޭބެއަށް މަސްތުވާތަކެތި ފޯރުކޮށްދިންކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
އިންޑިއާގެ ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަނާއެކު ނާކޮޓިކްސް ކޮނޓްރޯލް ބިޔުރޯއިން ދަނީ ސުޝާންތު ސިންގް ރާޖްޕުތުގެ މަރާ ގުޅުން ހުރި ކަންކަން ތަހުގީގު ކުރަމުންނެވެ.
Advertisement

ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ މަސްތުވާތަކެއްޗާ ގުޅޭ ގޮތުން ވަޓްސްއެޕް މެދުވެރިކޮށް ދައްކާފައިވާ ވާހަކަތައް ވެސް ވަނީ އާއްމުވެފަ އެވެ. 

އެކަމާ ގުޅޭ ތަހުގީގުތަކަށް ފަހު މަސްތުވާތަކެތި ފޯރުކޮށްދޭކަމުގެ ތުހުމަތު ކުރެވޭ އެކަކު މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޓައިމްސް ނައު އިން ރިޕޯޓު ކުރާ ގޮތުގައި ރިއާގެ ބޭބެ ޝޯވިކްއާ ގުޅުން ހުރި ދެ މީހަކަށް މަސްތުވާތަކެތި ގެނެސްދޭކަމުގެ ތުހުމަތުގައި މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. 

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ރިއާ ބުނެފައި ވަނީ ސުޝާންތު މަސްތުވާތަކެތި ބޭނުން ކުރި ނަމަވެސް އޭނާ ބޭނުން ނުކުރާ ކަމަށެވެ. އަދި ޓެސްޓު ހަދަން ތައްޔާރަށް ހުރި ކަމަށެވެ. 

އެކަމަކު ސުޝާންތުގެ ބައްޕަ އޭއެންއައި އަށް ދިން އިންޓަވިއުގައި ބުނީ ރިއާ އޭނާގެ ދަރިފުޅަށް ޒަހަރު ދޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، ރިއާއަކީ ސުޝާންތުގެ ގާތިލު ކަމަށެވެ. 

ޝޯވިކް އާއި މަސްތުވާތަކެތި ސަޕްލައި ކުރާ މީހަކާ ދެމެދު ދެކެވިފައި ހުރި ވާހަކަތަކެއް ވެސް އާއްމުވެފައި ވާއިރު، ރިއާ އާއި ޝޯވިކުގެ ބައްޕަ އިންދްރަޖީތް ޗަކްރަބޯޓީ އަށް ވެސް މަސްތުވާތަކެތި ގެންގޮސްދެނީ ޝޯވިކްކަން ވަނީ ހާމަވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް