ރާޖުކުމާރު ބުނީ ކުރިއަށް އޮތް އަހަރު އޭނާ މަސައްކަތް ކުރާނީ އުނދަގޫތަކާއެކު ވެސް މީހުންގެ މުނިފުހިފިލުވުމަށް ކަމަށެވެ.
"އުފަންދުވެހުގެ ތަހުނިޔާ ފޮނުވުމުން އެންމެންނަށް ޝުކުރިއްޔާ. ތި އެންމެންގެ ތަހުނިޔާގެ ސަބަބުން މި ދުވަސް ވަރަށް ހާއްސަ ވެއްޖެ. މި އަހަރު އަހަރެން މަސައްކަތް ކުރާނީ އުނދަގޫތަކާ ކުރިމަތިލައިގެން، ބުރަކޮށް މަސައްކަތްކޮށް، ތި އެންމެން މުނިފޫހިފިލުވައި ދިނުމަށް،" އޭނާގެ ޓްވީޓެއްގައި ވެއެވެ.
ރާޖުކުމާރު ދެން އެންމެ އަވަހަށް ފެންނާނީ ހަންސަލް މެހްތާގެ ކޮމެޑީ ޑްރާމާ "ޗާލަންގް" އިން ނުޝްރަތު ބަރުއްޗާ އާއެކު އެވެ. އޭގެ އިތުރުން "ލޫޑޯ"، "ރޫހީ އަފްޒާނާ" އަދި "ބަދާއީ ދޯ" އިން ވެސް އޭނާ ފެންނާނެ އެވެ.