ads
އަނަސް އަބްދުއްސައްތާރު--
ރަޖިސްޓްރީ ނުކޮށް ކާބޯތަކެތި ވިއްކުން: އެޗްޕީއޭގެ ނިންމުން އިންސާފުވެރިއެއް ނޫން!
ރަޖިސްޓްރީ ނުކޮށް ކާބޯތަކެތި ވިއްކާނަމަ ފިޔަވަޅުއަޅާނެ ކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދަނޑިވަޅުގައި ނިންމި ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށް އެމްޑީޕީގެ ކުރީގެ ސެކްރަޓަރީ ޖެނެރަލް އަދި މާލޭސިޓީ މޭޔަރު ކަމަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭއިން އޮގަސްޓް 31 ވަނަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރަޖިސްޓްރީ ނުކުރާ ބަދިގެ ފަދަ ތަންތަނުގައި ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމާއި ފިހާރަތަކާއި ގޭގޭގައިި ކާބޯތަކެތީގެ ބާވަތްތަކާއި ދުންފަތުގެ ބާވަތްތައް އޮންލައިން ޕްލެޓްފޯމްތަކުގައި އިސްތިހާރުކޮށް ވިއްކާ ނަމަ ގަވާއިދުގާވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށެވެ. 

މިކަމާއި ގުޅިގެން އަނަސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ކޮވިޑް19 ގެ މި ދަތި ހާލުގައި އުފެއްދުންތެރިކަމަށް ހިތްވަރު ދޭންޖެހޭ ކަމަށެވެ. އަދި އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން މުހިންމު ވެފައިވާ މި ދަނޑިވަޅުގައި ދިމާވެފައިވާ މާލީ ދަތިކަމާ މާޔޫސްކަން އިތުރުވާގޮތަށް މަންގަނޑުތައް ތަންފީޒު ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށާއި، އަދި އެއީ ހައްލެއްވެސް ނޫން ކަމަށް އަނަސް ވިދާޅުވި އެވެ. 

"މި ދަތި ހާލަތުން އަރައިގަތުމަށް ރައްޔިތުން ގޭގައި ކުރާ އަމިއްލަ ބުރަ މަސައްކަތް ހުއްޓުވާލުމަށް ވުރެއް އެކަށީގެންވާ ވަގުތު ދިނުމާއި އެކު، ކާބޯތަކެތީ ތައްޔާރުކުރުމާއި ޕެކޭޖް އަދި ޑެލިވަރީގެ ސަލާމަތީ މިންގަނޑުތައް އެކުލަވާލާ، އަމަލުކުރުވޭނެ މަގު ފަހިކޮށްދިނުމަށް އެޗްޕީއޭއަށް ގޮވާލަން." އަނަސް ގެ ޓްވީޓްގައި ވެއެވެ.

އާންމުންގެ ތެރެއިން ގިނަ ފަރާތްތަކަކުން އަންނަނީ އެޗްޕީއޭގެ މި ނިންމުމަށް ފާޑުކިޔަމުންނެވެ. އަދި ކުދި އަމިއްލަ ވިޔަފާރިތަކަށް ހުރަސް ނޭޅުމަށްވެސް އަންނަނީ ގޮވާލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް