ނެޓްފްލިކްސުން ބުނީ ޑޭވިޑް ބެއިނޮފް އާއި ޑީބީ ވެއިސް މަސައްކަތް ކުރާނީ "ޓްރޫ ބްލަޑް" ލިޔުނު އެލެގްޒެންޑާ ވޫ އާއެކު ކަމަށެވެ.
ޗައިނާގެ ވާހަކައެއް އެމެރިކާއިން ގެނެސްދޭ ގޮތް ކަމުނުދާނެ ކަމަށް ބުނެ ބައެއް ފޭނުން އަންނަނީ އެ ނިންމުމަށް ފާޑުކިޔަމުންނެވެ.
"ދަ ތްރީ ބޮޑީ ޕްރޮބްލަމް" އަކީ ތިން ފޮތުގެ މައްޗަށް ހިމެނޭ ސީރީޒެއްގެ ފުރަތަމަ ބައެވެ. ލިޔު ސިޝިން ލިޔުނު އެ ސީރީޒްގެ ނަމަކީ "ރިމެމްބްރަންސް އޮފް އާތްސް ޕާސްޓް" އެވެ.
އެންމެ ފުރަތަމަ 2008 ގައި ޝާއިއު ކުރި ފޮތް ވަނީ އިނގިރޭސި ބަހަށް ތަރުޖަމާ ވެސް ކޮށްފަ އެވެ. ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް އަދި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ފަދަ ބޭފުޅުން އެ ފޮތަށް ތައުރީފުކޮށްފައި ވެއެވެ.
އެ ސީރީޒް ނެރޭނެ ތާރީހެއް ނެޓްފްލިކްސުން އަދި އިއުލާނެއް ނުކުރެ އެވެ.