ads
ރިއާ—
ރިއާގެ ދިފާއުގައި ނިކުތް ތަރިންނަށް ފާޑުކިޔަނީ
ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ ދާދި ފަހުން ވަނީ ޓީވީއަކަށް އިންޓަވިއުއެއް ދީފަ އެވެ. އެއާއެކު ބޮލީވުޑުގެ ފަންނާނުން އޭނާގެ ދިފާއުގައި ތެދުވަން ފެށި އެވެ.

ތާޕްސީ ޕަންނޫ، ލަކްޝްމީ މަންޗޫ އަދި ވިދްޔާ ބާލަން އާއި ޝިބާނީ ދަންދޭކަރު ފަދަ ތަރިން ވަނީ ރިއާގެ ދިފާއުގައި ވާހަކަދައްކާފަ އެވެ. 

ރިއާއަށް ތައުރީފުކޮށް ސޯޝަލް މީޑިއާގައި އެމީހުން ވަނީ ޕޯސްޓުކޮށްފަ އެވެ. އެކަމަކު އެ ޕޯސްޓުތައް ކުރުމާއެކު ބައެއް މީހުން ވަނީ ހިތްހަމަނުޖެހިގެން ފާޑުކިޔަން ފަށާފަ އެވެ. 

އެގޮތުން ބައެއް މީހުން ބުނެފައި ވަނީ ބޮލީވުޑުގެ ބައެއް ފަންނާނުން މިހާރު މަސައްކަތް ކުރަނީ އެ މައްސަލަ އޮއްބާލަން ކަމަށެވެ. އެއީ އެމީހުންނާއި މަސްތުވާތަކެއްޗާ ގުޅުން ހުރި ސިއްރުތައް ފަޅާއަރާފާނެތީ ކަމަށް ވެސް ބައެއް މީހުން ތުހުމަތުކޮށްފައި ވެއެވެ.

ސުޝާންތުގެ މަރަކީ ބަޔަކު ގަސްތުގައި ކުރި ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށް އެކަން ތަހުގީގު ކުރާ ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން ޓީމުން ވަނީ ބުނެފަ އެވެ. 

އެކަމަކު އެ މަރުގެ ތެރެއިން މަސްތުވާތަކެއްޗާ ގުޅުން ހުރި ގިނަ ސިއްރުތަކެއް ހާމަވެފައިވާއިރު، ޑްރަގް އެންފޯސްމަންޓް އިން ދަނީ އެކަން ވަކިން ތަހުގީގު ކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް