ads
އާދަމް ޝަރީފް އުމަރު- އިތުުރު ކާފް ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
އިންޑިއާއާއި މެދު "ވަހުމު" އުފެދެނީ ހާރިޖީ ސިޔާސަތު ގެންގުޅޭގޮތުން: އާދަމް ޝަރީފް
އިންޑިއާއާއި މެދު ދިވެހިންގެ މެދުގައި "ވަހުމު" އުފެދެނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ގެންގުޅޭގޮތުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރާީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވަނީ، ދިވެހިންގެ މިނިވަންކަން ހިފެހެއްޓިފައިވަނީ އިންޑިއާ އާއި އެކުއޮތް ގުޅުމުގެ ސަބަބުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެވާހަކައަށް ރައްދު ދެއްވައެވެ.

އެގޮތުން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ މިނިވަންކަން ދަމަހައްޓާފައިވަނީ ދިވެހިންކަމަށެވެ. އަދި އިންޑިއާއާއި މެދު "ވަހުމު" އުފެދެން ފަށާފައިވަނީ ހާރިޖީ ސިޔާސަތު ގެންގުޅޭގޮތުން ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން އާދަމް ޝަރީފް ވަނި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ސަރުކާރަށް  ގޮވާލާފައެވެ. 

އާދަމް ޝަރީފް މިފަދައިން ގޮވާލާފައިވާއިރު އިދިކޮޅު ޕާޓިތަކަށް ނިސްބަތްވާ ފަރާތްތަކުން އަންނަނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުމާއި މެދު ނުރުހުންފާޅުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް