ads
ގުރުއާނާ ބެހޭ މަރުކަޒު-- ފޮޓޯ: ރާއްޖެއެމްވީ
ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް މި އަހަރު ނުބާއްވަން ނިންމައިފި
ކޮންމެ އަހަރަކު ވެސް އޮންނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތް މި އަހަރު ނުބާއްވަން ނިންމައިފި އެވެ.

ކީރިތ ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ބުނީ އެގޮތަށް ނިންމީ ކޮވިޑް-19 އާ ގުޅިގެން ކަމަށެވެ. 

ކޮންމެ އަހަރަކު ވެސް އޮންނަ އެ މުބާރާތަކީ ރާއްޖޭގެ އެންމެ ބޮޑު ގުރުއާން ކިޔެވުމުގެ މުބާރާތެވެ. 

އެގޮތުން މިދިޔަ އަހަރު އޮތް 33 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގައި ރިކޯޑް އަދަދަކަށް ދަރިވަރުން ބައިވެރިވި އެވެ. 

އެ ފަހަރު ވަނީ 1،273 ދަރިވަރުން ބައިވެރިވެފަ އެވެ. އެ މުބާރާތުން އެއްވަނަ ހޯދީ އިމާދުއްދީން ސްކޫލުގެ މުހައްމަދު ޝާއީ މުބާރިކް އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް