ads
ދުވާފަރު--
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހުއްދަ ދުވާފަރު ސްކޫލަށް ދީފި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހުއްދަ ރ. ދުވާފަރު ޕްރައިމަރީ ސްކޫލަށް ދޫކޮށްފި އެވެ.
Advertisement

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ދުވާފަރު ސްކޫލަށް ހުއްދަ ދީފައި ވަނީ ކޮމިއުނިޓީ ބްރޯޑްކާސްޓިްގެ ޕައިލެޓު ޕްރޮޖެކްޓުގެ ދަށުންނެވެ.

ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ނ) ގައި ކަނޑައަޅާފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ހިދުމަތް ތައާރަފުކުރުމުގެ ގޮތުން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހު އެވެ.

ބްރޯޑްކޮމުން ބުނީ މިހާރު ހިންގަމުންދާ ޕައިލެޓް ޕްރޮޖެކްޓަކީ މި ހިދުމަތް ރަސްމީކޮށް ދޭން ފެށުމުގެ ކުރިން ރައްޔިތުންގެ އަހުލުވެރި ކުރުވުމާއި، ހިދުމަތްދޭ ފަރާތްތަކުން ގެންގުޅެން ޖެހޭ މިންގަނޑުތަކާއި ހަމަތައް ކަނޑައަޅާ، ޝައުގުވެރިކަން ހުރި މިންވަރު ބެލުމަށް ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ. 

އެގޮތުން މި ޕްރޮޖެކްޓުގައި ބައިވެރިވާ ފަރާތްތަކުން އަމަލު ކުރަން ޖެހޭ އުސޫލެއް ބްރޯޑްކޮމުން ވަނީ އެކުލަވާލާފަ އެވެ.

އެ އުސޫލުގައިވާ ގޮތުގެ މަތީން، އަލަށް ހުޅުވާލެވޭ ފުރުސަތުގައި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ވަގުތީ ހިދުމަތް ދިނުމަށް ހުޅުވާލެވޭ ދާއިރާއަކީ ތައުލީމީ ދާއިރާ އެވެ. އަދި އެ ހާއްސަ ހުއްދަ ދޫކުރަނީ ހަ މަހުގެ މުއްދަތަށެވެ.

ދުވާފަރު ސްކޫލަށް ހާއްސަ ހުއްދަ ދިނުމުގެ ގޮތުން މިއަދު ވަނީ އޮންލައިން ބައްދަލުވުމެއް ބާއްވާފަ އެވެ. 

އެ ބައްދަލުވުމުގައި ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ ރާއްޖެ ފަދަ ކުޑަ ޖަޒީރާ ގައުމަކަށް މިއީ ވަރަށް ފައިދާ ހުރި މުހިންމު ހިދުމަތަކަށް ވާނެ ކަމަށާއި، މި ހިދުމަތްދޭ ފަރާތްތަކަށް ބްރޯޑްކޮމުން ފަންނީ އެހީ ފޯރުކޮށްދޭނެ ކަމަށެވެ.

ބްރޯޑްކޮމްގެ ނައިބު ރައީސް އަހްމަދު ގައިސް ފާހަގަކުރެއްވި ގޮތުގައި މި ވަގުތު ހަމައެކަނި ތައުލީމީ ދާއިރާއަށް ހާއްސަ ކުރިކަމުގައި ވިޔަސް، އެހެން ދާއިރާތަކުން ކޮމިއުނިޓީ ބްރޯޑްކާސްޓިންގެ ިހދުމަތް ދިނުމަށް ވެސް ކުރިއަށް އޮތް ތަނުގައި ހުޅުވާލާނެ އެވެ. 

ދުވާފަރު ޕްރައިމަރީ ސްކޫލްގެ ޕްރިންސިޕަލް އަދި އެ ސްކޫލުން ހިންގުމަށް ހަމަޖެހިފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓިން ޗެނަލް "ދުވާފަރު ޕްރައިމަރީ ސްކޫލް ޗެނަލް"ގެ ކޯޑިނޭޓަރު އިސްމާއީލް ޝުކުރީ ވިދާޅުވީ މިއީ ރާއްޖެއަށް ވަރަށް މުހިންމު ހިދުމަތެއް ކަމަށާއި، ހާއްސަކޮށް މިފަދަ ދަނޑިވަޅެއްގައި ދަރިވަރުންނަށް އެންމެ އެދެވިގެންވާ ގޮތުގައި ތައުލީމު ފޯރުކޮށްދިނުމަށް ހުޅުވިގެން ދިޔަ ބޭނުންތެރި ހިދުމަތެއް ކަމަށެވެ.

ދުވާފަރު ޕްރައިމަރީ ސުކޫލަށް ދޫކޮށްފައިވާ ކޮމިއުނިޓީ ބްރޯޑްކާސްޓްކުރުމުގެ ހާއްސަ ހުއްދައިގެ ދަށުން ހިދުމަތް ދޭނީ ރ. ދުވާފަރު ސަރަހައްދަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް