ads
ރައުފާ ހައިދަރަށް މަގާމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ޑީޖޭއޭ
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ރައުފާ އައްޔަންކޮށްފި
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ސ. ހުޅުދޫ، ރަތްވިލާގެ ރައުފާ ހައިދަރު އައްޔަންކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ސ. ހުޅުދޫ، ރަތްވިލާގެ ރައުފާ ހައިދަރު އައްޔަންކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ރައުފާ އައްޔަންކޮށް މަގާމުގެ ލިޔުން އޭނާއާ ހަވާލުކުރީ އިއްޔެ ޑީޖޭއޭގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު އެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ރައުފާ އެ މަގާމަށް އައްޔަންކޮށްފައިވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ އަށް ވަނަ ނަންބަރުގެ ދަށުން ޑީޖޭއޭއަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށެވެ.

ރައުފާ ސުޕްރީމް ކޯޓުގެ ވަޒީފާއަކާ އެންމެ ފުރަތަމަ ގުޅުނީ 19 އޮކްޓޯބަރު 2011 ގައި އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަގާމަށެވެ. އޭގެފަހުން މިދިޔަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު ޝަރުއީ ދާއިރާގެ މަގާމުތަކުގެ އޮނިގަނޑަށް ގެނައި އިސްލާހާ ގުޅިގެން ރައުފާ ހުރީ ލީގަލް އޮފިސަރަކަށް ބަދަލުކޮށްފަ އެވެ.

މީގެ އިތުރުން 8 އެޕްރީލް 2013 އިން 7 މެއި 2014 އަށް ރައުފާ ވަނީ ވަގުތީ ގޮތުން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމު ވެސް އަދާ ކުރައްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް