ads
ކޮވިޑް19 ގެ މިހާލަތުގައި ކެތްތެރިކަން އިސްކުރޭ: ޚުތުބާ
ކޮވިޑް19 ގެ މިހާލަތުގައި ކެތްތެރިކަން އިސްކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ، ގަޟާގަދަރަށް އީމާންވާ މީހަކު އޭނާގެ ހަޔާތް ހޭދަކުރަމުންދާނީ ހިތްހަމަޖެހިމާ އެކުކަމަށެވެ. އަދި ދަތި އުނދަގޫކަމެއް ދިމާވުމުން އެފަދަ މީހަކު ބަލިކަށިވެގެން ނުދާނެ ކަމަށާއި، މިންވަރަށް އީމާންވުމުގެ ސަބަބުން އަޅާއަށް ސުވަރުގެ ވަނުމަށް މަގުފަހި ވެގެންދާނެ ކަމަށްވެސް ހުތުބާގައިވެ އެވެ. 

ހުތުބާގައި ބުނެފައިވަނީ ހުރިހާ ކަމެއްވެސް މެދުވެރިވަނީ ﷲގެ އިރާދަފުޅުންކަން ގަބޫލުކުރާ ބަޔަކު ބިރުގަނެ، ހިތްނުތަނަވަސްވެ މާޔޫސްވާން ނުޖެހޭނެ ކަމަށެވެ.

"ފަހެ އީމާންކަން ހަރުދަނާވެ ތާޒާވުމަކީ، ހިތުގެ ސާބިތުކަން ވަރުގަދަވެ، ހަޔާތަށް އާރޯކަން ލިބި، އަމާންކަމާއި އުފާވެރިކަން ވެރިވެގެންވާ ކަމެކެވެ." ހުތުބާގައިވެ އެވެ.

މިއަދުގެ ހުތުބާގައި އިތުރަށް ބުނެފައިވަނީ ކޮވިޑް19 ގެ މިހާލަތުގައި އެންމެ ވަރުގަދަ ހަތިޔާރަކަށް ވާންޖެހޭނީ ޤަޟާޤަދަރަށް އީމާންވުމާއި، ކެތްތެރިކަން އިސްކުރުން ކަމަށެވެ.

މީގެ އިތުރުން ހުތުބާގައި ބުނެފައިވަނީ މާތްﷲ އަމުރުކުރައްވާފައިވާ ކަންކަން ދޫކޮށްލައިގެން ނުވާނެ ކަމަށެވެ. އަދި އިސްލާމީ ޝަރީއަތުގައި ވާގޮތަށް ހަރާމްކަންތައް ހަރާމްކަމުގައި ބަލައިގަނެ ހަލާލުކަންތައް ހަލާލު ކަންތަކުގެ ގޮތުގައި ބަލައިގަންނަންޖެހޭ ކަމަށެވެ. 

ހުތުބައި ބުނެފައިވަނީ ތިމާގެ ހިތުގައި މާތްﷲ ގެ އަދުލުވެރިކަމާއި މެދު އެއްވެސް ޝައްކެއް އުފެދިގެން ނުވާނެކަމަށެވެ. އަދި އާޚިރަތުގައި ބާއްޖަވެރިކަން ލިބިގެންދާނީ މުއުމިނުންނަށް ކަމަށްވެސް ހުތުބާގައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް