ads
ކަލާޒް ޗެނެލުން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ--
"ބިގް ބޮސް" މިފަހަރުގެ ސީޒަންގެ ޕްރޮމޯގައި ސަލްމާން ފެންނަނީ މޮޕްއަޅާތަން
ކަލާޒް ޗެނެލުން ގެނެސްދޭ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް" ސީޒަން 14 ގެ ޕްރޮމޯއެއް މިވަނީ ދައްކާލާފައެވެ.

ކަލާސްއިން ގެނެސްދޭ ބިގް ބޮސްއަކީ އޭގެ ސީޒަންތަކަށް ކެތްތެރިކަމެއް ނެތި އާއްމުން އިންތިޒާރު ކުރާ ޝޯއެކެވެ. 

ޝޯގެ ހޯސްޓް ސަލްމާން ހާނާ އެކު ގެނެސްދިން ޕްރޮމޯގައި ފެންނަނީ އޭނާ މޮޕް ޖަހައި ސާފުކުރާ ތަނެވެ. މިޕްރޮމޯގައި ސަލްމާން މޮޕް ޖަހަމުން ބުނެފައިވަނީ އޭނަ އެފަދަ ގޮތަކަށް މޮޕް ޖަހަން ޖެހިދާނެކަ މަށް ހީކުރާނީ ކާކު ހެއްޔެވެ. އެހެންނަމަވެސް ވަރަށް އަވަހަށް އެކަން ބަދަލުވާނެ ކަމަށެވެ.

 

ރިއާލިޓީ މި ޝޯގައި ބައިވެރިވާ ސެލެބްރިޓީސް އަށް ބޮޑެތި އަދަދުތަކުން މުސާރަ ދޭއިރު ޝޯ ނިމޭއިރު އޮންނަނީ މީގެ ތެރެއިން ގިނަ ތަރިންގެ ނޭނގޭ ފަތިފުށް ހާމަވެ އެއްބަޔަކަށް އާއްމުންގެ ލޯބި އަނެއް ބަޔަކަށް އާއްމުންގެ ނުރުހުމާއި ފާޑުކިޔުން އަމާޒުވެފައެވެ.

ބިގްބޮސްގެ ސީޒަންގެ ތެރެއިން އެންމެ ގިނަ ބަޔަކު ބެލި އަދި އާއްމުންގެ ފަރާތުން ޝޯއަށް ލިބުނު ޝައުގުވެރިކަމުގެ ސަބަބުން ސީޒަން ދިގުކޮށްލަން ޖެހުނު ހަމައެކަނި ޝޯއަކީ އެންމެ ފަހުން ނިންމާލި އެ ޝޯގެ ސީޒަން 13 އެވެ. 

"ބިގް ބޮސް 14" އަށްވެސް ގިނަ ބަޔަކު އިންތިޒާކުރަމުން އަންނަ އިރު، ޝޯ ދައްކަން ފަށާނެ އިރެއް އަދި ކޮންޓެސްޓުންގެ ފައިނަލް ލިސްޓްވެސް އަދި ކަލާޒުން ރަސްމީކޮށް އިއުލާނެއްނުކުރެ އެވެ. ޝޯ ފަށާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ 4 ގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް