ޕްރިޔަންކާ އާއި ނިކް ވަނީ ޑަޔާނާގެ އުފަންދުވަސް ފާހަގަކުރި ގޮތުގެ ފޮޓޯ އެމީހުންގެ ސޯޝަލް މީޑިއާގައި ފޭނުންނާ ހިއްސާކޮށްފަ އެވެ.
ޑަޔާނާގެ އިތުރުން އަދި ދެ ކުއްތާ އެ މީހުން ގެންގުޅެ އެވެ. އެއީ ޖައިނޯ އާއި ޕެންޑާ އެވެ.
ކޮވިޑް-19 އާ ގުޅިގެން ޕްރިޔަންކާ އާއި ނިކް ގޭގައި ކަރަންޓީނުވެގެން ތިބޭތާ މިހާރު ހަތަރު މަސް ވެއްޖެ އެވެ.
ޕްރިޔަންކާ އެންމެ ފަހުން ފެނިފައި ވަނީ ޝޮނާލީ ބޯޒޭގެ ދަ ސްކައި އިޒް ޕިންކް އިންނެވެ. އޭގައި އޭނާއާއެކު އުޅުނީ ފަރްހާން އަހްތަރު އާއި ޒައިރާ ވަސީމެވެ.