ads
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ހއ. ކެލާގައި ހެދި ފިނި ޕާކު-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން ކެލާ ސްކޫލަށް ފިނި ޕާކެއް
ބީއެމްއެލް ކޮމިޔުނިޓީ ފަންޑުގެ ދަށުން ހއ. ކެލާ ސްކޫލް ކުރިމަތީގައި ބެލެނިވެރިން މަޑުކޮށްލައިގެން ތިބޭނެ ހިތް ފަސޭހަ މައިޒާނަކާއި ބައިސްކަލްތައް ޕާކު ކުރުމަށް ހާއްސަ ޖާގައެއް ހަދައިފިއެވެ.

ކެލާގެ އައިޑިއާސް ޖަމްއިއްޔާ އިން ބޭންކުގެ އެހީތެރިކަމާއެކު ނިންމި މި މައިޒާނާށް އެ ޖަމިއްޔާއިން ދީފައިވާ ނަމަކީ 'ކެލާ ސްކޫލް ފިނި ޕާކް' އެވެ.

ސްކޫލް ކުރިމަތީގައި ހުރި ހިޔާ ބޮޑު ގަސްތަކުގެ ބޭނުން ހިފައި މިވަނީ ބެލެނިވެރިން އިށީނދެގެން ތިބުމަށް ބެންޗުތަކެއް ބަހައްޓާފައެވެ. އަދި ހަމައެހެންމެ ސްކޫލްއަށް އަންނަ ދަރިވަރުން ބައިސްކަލް ޕާކުކޮށްފައި ބެހެއްޓުމަށް ވަކި ހާއްސަ ޒޯނެއް ކަނޑައަޅައި އެ ސަރަހައްދު ވަނީ ހިޔާކޮށް، ތަރުތީބުން ބައިސްކަލް ޕާކުކުރެވޭނެ ގޮތްވެސް ހަމަޖައްސާފައެވެ. 

"ކޮމިއުނިޓީ ފަންޑުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕްރޮޖެކްޓް ހިންގުމަށް ބޭންކުން މިދަނީ އެހީތެރިވަމުން. އައިޑިއާސް ޖަމިއްޔާއިން ކެލާގައި މި ނިންމި ޕްރޮޖެކްޓަކީ ރަށުގެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ވެސް ފަސޭހަތަކެއް ހޯދައިދެވުނު އަދި ހަމައެހެންމެ ތިމާވެށްޓާ ރަށްޓެހި ޕްރޮޖެކްޓެއް. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ކެލާގެ ރައްޔިތުން ބަލައިގަންނާނެ ޕްރޮޖެކްޓަކަށް ވެގެން ދިޔުން،" ބީއެމްއެލްގެ މެނޭޖަރު ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވިއެވެ.

"ބައިސްކަލްގައި ކުދިން ސްކޫލަށް ގޮވައިގެންދާ ބެލެނިވެރިންވެސް އަދި ސްކޫލް ދަރިވަރުންވެސް ސްކޫލަށް ވަނުމުގެ ކުރިން ތިބެންޖެހެނީ ކޮޅަށް، ބައެއްފަހަރު އަވިދޭ ގޮތަށް. މީގެ އިތުރުން ބައިސްކަލް ޕާކް ކުރުމަށް ވަކި ސަރަހައްދެއް ނެތުމުން އެކި ދިމަދިމާލުގައި ބައިސްކަލް ޕާކްކޮށްފައި ބަހައްޓާ. އަޅުގަނޑުމެން ވިސްނީ މިފަދަ ޕްރޮޖެކްޓަކުން ދޭ މާލީ އެހީއަށް ބަލާއިރު މިއީ ރަށަށް މިވަގުތަށް އެންމެ ބޭނުންވާ އެއް ކަމެއްގެ ގޮތުގަ. އެ ގޮތުން ސްކޫލު ސަރަހައްދުގައި ހުރި ގަސްތަކުގެ ބޭނުން ހިފައި ބެލެނިވެރިންނަށް ހިޔާ ވެވޭނެ ބެންޗުތަކެއް ބަހައްޓަައި އަދި ބައިސްކަލްތައް ބެހެއްޓުމަށް ހާއްސަ ޕާކިންގެ އޭރިއާއެއް ހަދަން ނިންމީ އަޅުގަނޑުމެންގެ ތެރޭކުރެވުނު މަޝްވަރާތަކަށް ފަހު. މި ޕްރޮޖެކްޓަށް ރަށުގެ ރައްޔިތުންނާއި ޖަމިއްޔާގެ ގިނަ މެންބަރުންގެ އެހީތެރިކަން ލިބިގެން ދިޔަ. މި ފުރުސަތުގައި ބީއެމްއެލްއަށާއި އެހޭތެރިވެދިން އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަން. މަސައްކަތް އެއްކޮށް ނިންމާލެވި، އައިޑިއާސްގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީތީ ވަރަށް އުފާކުރަން،" އައިޑިއާސްގެ އޮފިޝަލަކު ވިދާޅުވިއެވެ.

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. 

ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު 9 ސެޕްޓެމްބަރ 2020 އާ ހަމަޔަށް ވަނީ ބީއެމްއެލުން ހުޅުވާލެވިފައެވެ. މި ފިޔަވަހީގެ ދަށުން ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް