ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ސުޝާންތު ސިންގް ރާޖުޕުތު--
ސުޝާންތުގެ ކައްކާ ވެސް ހައްޔަރުކޮށްފި
ސުޝާންތު ސިންގް ރާޖްޕުތުގެ ގޭގައި ކައްކާއަކަށް އުޅުނު ދީޕޭޝް ސާވަންތު ހައްޔަރުކޮށްފި އެވެ.
Advertisement

އިއްޔެ އޭނާ ހައްޔަރު ކުރިއިރު މިދިޔަ ހުކުރު ދުވަހު ވަނީ އެ ގޭގެ މެނޭޖަރު ސެމުއެލް މިރަންޑާ ވެސް ހައްޔަރުކޮށްފަ އެވެ. 

ރިޕޯޓުތައް ބުނާ ގޮތުން ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯއިން ހައްޔަރު ކުރި މިރަންޑާ ވަނީ ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީގެ ބޭބެ، ޝޯވިކް މެދުވެރިކޮށް ހަތް މަސް ވަންދެން ސުޝާންތައް މަރުއާނާ ބާވަތުގެ މަސްތުވާތަކެތި ހޯދައިދިން ކަމަށް އެއްބަސްވެފަ އެވެ. 

ސުޝާންތަށް މަސްތުވާތަކެތި ފޯރުކޮށްދިންކަމުގެ ތުހުމަތުގައި އިއްޔެ ވަނީ އޭނާގެ ގޭގައި އުޅުނު ކައްކާ ވެސް ހައްޔަރުކޮށްފަ އެވެ. މިއަދުގެ ވަގުތެއްގައި އޭނާ ކޯޓަށް ހާޒިރުކުރާނެ އެވެ. 

ނާކޮޓިކްސް ކޮންޓްރޯލް ބިޔުރޯއިން މިއަދު ރިއާއާ ސުވާލުކުރާނެ ކަމަށް ބެލެވެ އެވެ. އެތަނުގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ ސުޝާންތު މަސްތުވާތަކެތި ބޭނުންކޮށްފައި ވަނީ ރިއާގެ އެއްވެސް ދައުރެއް އޮވެގެންތޯ ސާފުކުރަން އެ ބިޔުރޯއިން ބޭނުންވާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް