އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ގައު އެތުރުމާއި، ކާނުގެ މަތިގަނޑު އެޅުމުގެ މަސައްކަތާއި، ސަބްބޭސް ފިލް ލެވެލް ކުރުމުގެ މަސައްކަތާއި، ކޮނުމުގެ މަސައްކަތް ކަމަށެވެ.
ހއ. ހޯރަފުށީ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަޝްރޫއުގެ ތެރެއިން-- ފޮޓޯ: އެމްޓީސީސީ
އެ މަޝްރޫއުގެ ދަށުން 8103 ސްކުއެއާ މީޓަރު ސަރަހައްދެއް ސާފުކުރުމާއި ކޮނުމާއި، ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.
މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން، ކުރިއަށްގެންދާ 2.53 މިލިއަން ރުފިޔާގެ އެ މަޝްރޫއުގައި ސޮއިކޮށްފައިވަނީ 11 ސެޕްޓެމްބަރު 2019 ގައެވެ.