 
                                                                                                
                    ކުންފުންޏާއި ދަނޑުވެރިންގެ މެދުގައި އެއްބަސްވުން ހެދިގެން އެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާއިރު އެ މަަސައްކަތުގެ ދަށުން އެގްރޯނެޓުން ކަނޑައަޅާ ބާވަތްތައް އެއްބަސްވެފައިވާ ސައިޒެއް ބިމެއްގައި އުފެއްދުމުގެ މަގު ފަހިކޮށްދިނުމަށް މާލީ ގޮތުންނާއި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
އަދި އެތަކެތި އެގްރޯނެޓުން ގަތުމުން ރާއްޖޭހެ މާކެޓަށް ވިއްކުމުގެ ފުރުސަތު ވެސް ފަހިކޮށްދޭނެ އެވެ.
އެ އެއްބަސްވުމުގެ ދަށުން ދަނޑުވެރިން ހައްދާނީ ފަތްކެޔޮ އާއި ފަޅޯ އަދި ކަރާ، ބަޓާނާ، ބަރަބޯ އާއި ބަށި، ތޮޅި، ކެބެޖާއި ލެޓިއުސް އަދި މެލަން އާއި ކިއުކަންބާ އާއި ފަނޑިއަލުވީގެ އިތުރުން ކައްޓަލައާއި ޒުވާރި އަދި ދޮނަޅަ އެވެ.
އެ ބާތަވްތައް ހެއްދުމަށް ޝައުގުވެރިވާ ދަނޑުވެރިން އައްޑޫގެ އަވަށު އޮފީހަށް އީމެއިލްކޮށްގެން ނަންނޯޓު ކުރެވޭނެ އެވެ.