ads
ސީއެސްސީގެ މެމްބަރުން ރައީސް ސޯލިހާ ބައްދަލުކުރައްވަނީ
ސީއެސްސީގެ ރައީސަށް ނާސިހު، ނައިބަކަށް ރަޝީދު އައްޔަންކުރަން ރުހުންދީފި
ސިވިލް ސާވިސް ކޮމިޝަނު (ސީއެސްސީ) ގެ ރައީސް ކަމަށް މުހައްމަދު ނާސިހު އަދި ނައިބަކަށް އިބްރާހިމް ރަޝީދު އައްޔަނުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުން ރުހުންދީފައިވާ ސީއެސްސީގެ ހަތަރު މެމްބަރުން އައްޔަންކުރައްވާފައި ވަނީ ތިނެއް ސެޕްޓެމްބަރުގަ އެވެ.

ސިވިލް ސާވިސް ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ ހަތަރު ބޭފުޅުންނަކީ ގދ. ތިނަދޫ މާކޯޅި، ފާތިމަތު ޝަރީފާއި، ރ. މީދޫ ބްލެކް، އިބްރާހީމް ރަޝީދާއި، ހ. ޓޫހާޓްސް، މުހައްމަދު ފަރުސަތާއި، މ. ފަލްކަންގެ، މުހައްމަދު ނާސިހެވެ.

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އެ ހަތަރު ބޭފުޅުން އައްޔަންކުރައްވަން ފެނިވަޑައިގަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ދެވަނަ ދައުރުގެ 33 ވަނަ ޖަލްސާގަ އެވެ.

ސީއެސްސީއަށް ހަތަރު މެމްބަރު އައްޔަންކުރެއްވީ މެމްބަރުކަމުގައި ފާތިމަތު އާމިރާ އެކަނި ހުންނެވުމުންނެވެ.

އާމިރާ ފިޔަވައި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމާއި، ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން މެންބަރު އިބްރާހިމް ޝަހީގު އަދި ޒަކަރިއްޔާ ހުސައިން ވަކިކުރަން މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވުމާއެކު މެމްބަރު ޝަހީގު ފިޔަވައި ބާކީ ތިއްބެވި ތިން މެމްބަރުން އިސްތިއުފާ ދެއްވި އެވެ. އެކަމަކު މަޖިލީހުން ވަނީ މެމްބަރު ޝަހީގު ވެސް މަގާމުން ވަކިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް