އިންސްޓަގްރާމު މެދުވެރިކޮށް ސަޕޯޓަރުންނަށް އެ ހަބަރު ހިއްސާކޮށް އަރްޖުން ބުނީ ކޮވިޑަށް ޕޮޒިޓިވްވެ ޑޮކްޓަރުންނާއި ކަމާއި ބެހޭ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ގޭގައި އައިސޮލޭޓްވެފައިވާ ކަމަށެވެ.
އަދި ކަަރަންޓީނުގެ މުއްދަތު ހަމަކުރާނީ ވެސް ގޭގައި ކަމަށް ބުނެފައިވެ އެވެ. އަރްޖުން ވަނީ އެކަމުގައި އޭނާގެ ސިއްހީ ހާލަތުގެ މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ވެސް ބުނެފަ އެވެ.
މީގެ ކުރިން އަމީތާބު ބައްޗަން އާއި އައިޝްވާރިޔާ އަދި އަބީޝޭކް ފަދަ ތަރިން ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.
އަދި އަރްޖުންގެ ބައްޕަގެ ގޭގައި މަސައްކަތް ކުރަމުން އައި ބަޔަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.