ads
މަޖިލީހުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރަށްވަން ރައީސް ސޯލިހް ވަޑައިގެން ނެވުމުން ޖާބިރުވަނީ ރައީސް އާއި ބަށްދަލުކުރަށް ވާފަ--
ޖާބިރު އަނެއްކާވެސް ރައީސްގެ ކޮޅަށް!
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި ދިވެހިރާއްޖޭގެ އިގްތިސާދު އިންތިހާއަށް ކުރިއަރާ ދިއުމަކީ އެންމެ ބޮޑު އުންމީދު ކަމަށާއި އެކަމުގައި ބައިވެރިވެ އެހީވެދޭން ތައްޔާރަށް ހުންނެވިކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މުހައްމަދު އަވަހާރަވުމާއި ގުޅިގެން މަޖިލީހުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވަން ރައީސް ސޯލިހް ވަޑައިގެން ނެވުމުން ޖާބިރުވަނީ ރައީސްއާ  ބައްދަލުކުރައްވާފަ އެވެ. 

އެކަމާއި ގުޅިގެން ޖާބިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްއާ ބައްދަލުވުމުން އުފާކުރައްވާ ކަމަށާއި މި ދަތި ވަގުތުގައިވެސް ރައީސް ސޯލިހު ހުންނެވީ ވަރަށް ގަދަކޮށްކަމަށެވެ. އަދި ރައީސް ސޯލިހުގެ ޒައާމަތުގައި ދިވެހި ރާއްޖޭގެ އިގްތިސާދު އިންތިހާއަށް ކުރިއަރާ ދިއުމަކީ އެންމެ ބޮޑު އުންދީކަމަށް ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އެކަމުގައި ބައިވެރިއަކަށް ވާން އަދި އެހީތެރިވެދޭންވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.

 “ރައީސް އާއި މިއަދު ބައްދަލުވުމުން އުފާކުރަން. މި ދަތި ވަގުތުގައިވެސް ރައީސް ހުންނެވީ ވަރަށް ގަދަކޮށް. ރައީސްގެ ޒައާމަތުގައި ދިވެހި ރާއްޖޭގެ އިގްތިސާދު އިންތިހާއަށް ކުރިއަރާ ދިއުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އުންމީދު. އެކަމުގައި ބައިވެރިއަކަށް ވާން، އެހީތެރިވެދޭން މިހިރީ ތަށްޔާރަށް! " ޖާބިރު ވިދާޅުވެ އެވެ. 

މިފަހަކަށް އައިސް ޖާބިރު ދިޔައީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔަމުންނެވެ. ވަކިން ހާއްސަކޮށް ކޮވިޑާއި ގުޅިގެން މިނިސްޓްރީތަކުން ކުރި ހަރަދުގެ އޮޑިޓް ރިޕޯޓުތައް ނެރުން ފަހުން ސަރުކާރު ވަނީ ފެއިލްވެފައިކަމަށް ބުނެ ޖާބިރު ގެންދަވަނީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ މައި ޕާޓީ، އެމްޑީޕީ އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ސޯލިހް ވަގުތުން ވަގުތަށް އިސްތިއުފާ ދެއްވުމަށްވެސް ތަކުރާރުކޮށް މަޖިލީހުގައި ގޮވާލައްވާފަ އެވެ.  

މީގެ އިތުރުުން ސަރުކާރު ޒިންމާދާރުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގެ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑާޝިޕާއި އެކުވެސް ޖާބިރުވަނީ މަޝްވަރާތަކެއް ކުރައްްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް