ads
ޑރ. ޓެޑްރޮސް
ދެން އަންނަ ޕެންޑެމިކް އަށް ދުނިޔެ ތައްޔާރުވާން ޖެހޭ: ޓެޑްރޮސް
ދުނިޔެއަށް ދެން ކުރިމަތިވެދާނެ ބޮޑު މުސީބާތަކަށް ކޮންމެހެން ވެސް ތައްޔާރުވެ ތިބެން ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓާ ޖެނެރަލް ޑރ. ޓެޑްރޮސް އަދަނޮމް ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ޖެނިވާގައި ނޫސްވެރިނާ ބައްދަލުކުރައްވާ ޓެޑްރޮސް ވިދާޅުވީ މިހާރަށްވުރެ ބޮޑަށް ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ދެން ކުރިމަތިވެދާނެ ބަލިމަޑުކަމަކަށް ތައްޔާރުވެ ތިބެން ޖެހޭ ކަމަށާއި، އެގޮތުން ގައުމުތަކުން ސިއްހީ ދާއިރާއަށް ކުރާ އިންވެސްޓް އިތުރު ކުރަން ޖެހޭ ކަމަށެވެ.

“މިއީ ދުނިޔެއަށް ކުރިމަތިވި އެންމެ ފުރަތަމަ ބަލިމަޑުކަމެއް ނޫން. މާޒީގައި އަހަރެމެންނަށް ކިޔައި ދެނީ ބަލިތަކާއި ބޮޑެތި މުސީބާތްތަކަކީ ދިރިހުރުމުގައި ކުރިމަތިވާނެ ކަމެއްކަން. ދެން ކުރިމަތިވެދާނެ މުސީބާތަކަށް ތައްޔާރުވާން ޖެހޭ، މިފަހަރަށްވުރެ މާބޮޑަށް ތައްޔާރު ވާން ޖެހޭ،” ޓެޑްރޮސް ވިދާޅުވި އެވެ.

ޗައިނާގެ ވުހާން ސިޓީ އިން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އެންމެ ފުރަތަމަ ފެނިގެންދިޔަ ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރި މިހާތަނަށް 27.19 މިލިއަން މީހުންނަށް ޖެހިފައިވާއިރު، 888،326 މީހުން ވަނީ މިބަލީގައި މަރުވެފަ އެވެ.

ކޮވިޑް-19 ޖެހިގެން އެންމެ ގިނަ ބަޔަކު މަރުވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާއިން މިހާތަނަށް 189،095 މީހުން ވަނީ މިބަލީގައި މަރުވެފަ އެވެ. އަދި އެގައުމަކީ ހަ މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، މިވަގުތު ދުނިޔެއިން އެންމެ ގިނަ ބަޔަކަށް ބަލި ޖެހިފައިވާ ގައުމު ވެސް މެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް