ads
ތ. ގުރައިދޫ
ގުރަދޫގައި ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެ
ތ. ގުރައިދޫގައި ދުވަސްވީ މީހަކު ގެނބިގެން މަރުވެއްޖެ އެވެ.
Advertisement

އެ ރަށު ކައުންސިލުގެ ނައިބް ރައީސް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ގާތްގަނޑަކަށް އުމުރުން 65 އަހަރުގެ އެ ފިރިހެން މީހާ ރަށުގެ ނެރުކައިރިއަށް ގެނބިގެން އުޅެނިކޮށް ފެނިފައި ވަނީ ރަށުގެ ދެ ޒުވާނަކަށެވެ.

އިޝާ ނަމާދު ފަހުން އެހާދިސާ ހިނގައިގެން އުޅުނު މަންޒަރު ފެނުމާއެކު އެމީހުން ވަނީ އެމީހާ މޫދުނ ނަގާއި ސިއްްހީ މަރުކަޒަށް ގެންގޮސްފަ އެވެ. އެތަނުގައި އެވަގުތު ހުރި ފުލުސް މީހާއާ ހަވާލާދީ ނައިބް ރައީސް ވިދާޅުވީ އޭރު ވެސް އެމީހާ ނޭވާލާ ކަމަށެވެ. 

އަދި ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރު ނުވާ ކަމަށާއި މަރުވެފައި ވަނީ އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް އިތުރަށް ފަރުވާދޭން ފެށި ފަހުންނެވެ.

ނައިބް ރައީސް ވިދާޅުވި ގޮތުގަައި އެމީހާއަކީ އާންމުކޮށް ރޭގަނޑު ވެސް މޫދަށް ގޮސް ހަދާ މީހެކެވެ. އެކަމަކު އެމީހާ ސީދާ ބަނދަރަށް ވެއްޓުނީކަން ބުނަން ނޭނގޭކަން ވެސް ފާހަގަކުރެއްވި އެވެ.

އެ މައްސަލަ ފުލުހުން ވެސް ދަނީ ބަލަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް