ads
ކާޑީ ބީ--
ލަވަކިޔުންތެރިންނަށް ފާޑުކީ މީހަކަށް ކާޑީބީގެ ހޫނު ރައްދެއް
އެމެރިކާއަށް ބޭނުންވަނީ ކާޑީ ބީ ކަހަލަ ލަވަކިއުންތެރިންނަށް ވުރެ ފަސްޓް ލޭޑީ މެލާނިއާ ޓްރަމްޕް ކަހަލަ މީހުން ކަމަށް ބުނެ މަޝްހޫރު ރެޕް އާޓިސްޓް ކާޑީބީއަށް ފާޑުކިޔާ ޓްވީޓްކުރި މީހާއަށް އޭނާ ވަނީ ރައްދުދީފައެވެ.

ކާޑީގެ ރައްދުގައި ވަނީ މެލާނިއާ އަކީވެސް "އެ އެއްޗެހި" ވިއްކައިގެން ކުރިން އުޅުނު މީހެއް ނޫންތޯ ސުވާލުކޮށްފަ އެވެ.

ކާޑީ ކުރި ޓްވީޓްގައި އޭނާ އިޝާރާތް ކޮށްފައި އެވަނީ ޓްރަމްޕްގެ ރައީސްކަމުގެ ދަށުން މެލާނިއާ ފަސްޓް ލޭޑީއަށް ވުމުގެ ކުރިން މޮޑެލް ކުރުމާއި އެހެން ވެސް އެ އިންޑަސްޓްރީގެ ކަންތަކުގައި އުޅެފައި ވާތީ އެވެ. 

މެލާނިއާ އަށް މީގެ ކުރިން ވެސް އެކަހަލަ ފާޑުކިޔުންތައް ބައެއް ފަރާތްތަކުން އަމާޒު ކުރި ނަމަވެސް އޭނާ އެކަން ދިފާއު ކުރެ އެވެ. މެލާނިއާގެ މައްޗަށް ޑެއިލީ މެއިލްއިން ކުރި ތުހުމަތުތަކާ ގުޅިގެން އެއްވެސް ހެއްކެއް ދެއްކިފައި ނުވާތީ މެލާނިއާ ވަނީ އެ ނޫސް ކޯޓަށް ގެންގޮސް އެކަމަށް މައާފަށް އެދުވުމުގެ އިތުރުން އެ ނޫސް 20 މިލިއަން ޑޮލަރުން ޖޫރިމަނާ ވެސް ކޮށްފައެވެ.

އެމެރިކާގެ އިންތިހާބް ކައިރިވެފައިވުމާއި ގުޅިގެން ޑޮނަލްޑް ޓްރަމްޕްއަށް ތާއީދު އިތުރުކުރުމުގެ ގޮތުން މެލާނިއާ ދަނީ ކެމްޕޭނު ކުރަމުންނެވެ. އަދި ކާޑީ ދަނީ މި އިންތިހާބްގައި އޭނަ ތާއީދު ކުރާ ކެނޑިޑޭޓް ޖޯ ބައިޑަން އަށް ކެމްޕޭން ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް