އެގޮތުން ކީމޯތެރަޕީގެ ފުރަތަމަ ބުރު ނިންމުމަށް ފަހު އިއްޔެ އޭނާ އަލުން މަސައްކަތް ފަށާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ.
އެގޮތުން އިއްޔެ މެންދުރު ޝޫޓިން ކުރިއަށް ދިޔެއީ ރަންބީރު ކަޕޫރު އާއެކު ސަންޖޭ ފެންނަ ފިލްމަކުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސަންޖޭގެ ދެ ފިލްމެއް މިހާރު ވެސް އޮތީ ރިލީޒް ކުރަން ތައްޔާރަށެވެ. އެއީ ބުޖް ދަ ޕްރައިޑް އޮފް އިންޑިއާ އާއި ތޯބާޒް އެވެ. އަދި ބައެއް ފިލްމުތައް މިހާރު ވަނީ ނިމެން ގާތްވެފަ އެވެ.
ސަންޖޭ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ އޯގަސްޓް 8 ގައެވެ. އޭރު ކޮވިޑް-19 އަށް ނެގެޓިވްވި ނަމަވެސް، ކެންސަރު ހުރިކަން ވަނީ އެނގިފަ އެވެ.